ފެނަކަގެ ޗެއާމަނަކަށް ޝަހީރު އައްޔަން ކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް އަހުމަދު ޝަހީރު އައްޔަންކޮށްފި އެވެ. އެ މަގާމަށް ޝަހީރު އައްޔަންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.ޝަހީރަކީ 1994 ވަނަ އަހަރުން ފެށިގެން 2018އާ ހަމައަށް އެސްޓީއޯގެ އެކި މަގާމުތައް އަދާކުރެއްވި ބޭފުޅެކެވެ. އެ ކުންފުނީގައި ޝަހީރު އަދާކުރެއްވި އިސް މަގާމުތަކުގެ ތެރޭގައި ސީނިއާ ޖެނެރަލް މެނޭޖަރާއި މެނޭރާ، ޕްރޮކިއުމަންޓް ފޮރިން ޓްރޭޑް ހިމެނެ އެވެ.ޝަހީރު އެސްޓީއޯގައި އެންމެ ފަހުން އަދާކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެވެ.ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ މުއާޒު މުހައްމަދު ރަޝީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ