‏އައު ޑިފެންސް ޗީފް ބަރަހަނާކޮށް ޖަލުގައި އިދިކޮޅަށް އެލުވަން އެޗްޑީސީގެ ސީއޯއޯ ގޮވާލައްވައިފި!

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، މިއަދު ރައީސް މުއިއްޒު ޢައްޔަންކުރެއްvi މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ބަރަހަނާކޮށް ޖަލުގައި އިދިކޮޅަށް އެލުވަން އެޗްޑީސީގެ ސީއޯއޯ ގޮވާލައްވައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު, ސީއޯއޯގެ މަގާމުގައި ހުންނެވި އަޙްމަދު އިބްރާހީމް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހު ކުރި އެކްސް ޕޯސްޓެއްގައި އޭނާ ބުނެފައިވަނި ސިފައިންގެ ގަދަރުވެރި ޔުނިފޯމް އަޅައިގެން ގައްދާރު ޚާއިނު ޖެނެރަލުންތަކަށް ޕީއެންސީގެ ވެރިކަމުގައި ސިފްކޯ ފްލެޓް ޕެންޓް ހައުސްތަކުގައި ނުތިބެވެނެ ކަމުގައެވެ.
އަދި އޭނާ ބުނެފައިވަނީ އޭގެ ބަދަލުގައި މަގުމައްޗަށް އެ ޚާއިނުން ނެރެ ޔުނީފޯމް ވީދާލާ ބަރަހަނާ ކުރެވޭނެކަމުގައެވެ. އަދި ގައުމަށް ޢައްދާރު ކުރުމުގެ ކުށުގައި އެމީހުން ޖަލުގައި އިނދިކޮޅަށް އެލުވޭނެކަމުގައިވެސް އޭނާ ބުނެފައި ވެއެވެ. ބަރަހަނާކޮށް, ޖަލުގައި އިދިކޮޅަށް އެލުވަން އޭނާ ގޮވާލި ޖެނެރަލުންގެ ތެރޭގައި މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީވެސް ހިމެނެއެވެ.
އަދި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، މިއަދު ރައީސް މުއިއްޒު މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ޢައްޔަން ކުރެއްވުމާއެކު އެޗްޑީސީގެ ސީއޯއޯ ކުރި އެކްސް ޕޯސްޓުގައި ބުނެފައިވަނީ އަދި ބޭނުންވަނީ މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ބަރަހަނާކޮށް ޖަލުގައި އެކޮޅުކޮޅުން އެލުވަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ