މަޖިލިސް ދެން ކުރިއަށް ގެންދެވޭނީ އެދުމަތިވެފައިވާ މެމްބަރު ހޮސްޕިޓަލުން ދޫކޮށްލުމުން: ސިރާޖު

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ
ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު 1.30 އަށް ތާވަލުކުރެވުނު ރައްޔިތުން
މަޖިލިހުގެ ޖަލްސާވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ.
މަޖިލިހުގެ ތަޅުމުގެ ތެރޭގައި ހަމަނުޖެހުން ބޮޑުވީ،
މި ސަރުކާރުގެ ވަޒީރުންތަކަކަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމުންނެވެ.
އެ މައްސަލާގައި ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުންނާއި، އެމްޑީޕީ
މެމްބަރުން އަޑުގަދަކޮށް ޒުވާބުކޮށް އެންމެފަހުން އެއް މެމްބަރަކު އަނެއް
މެބަރެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގަން ފެށިއެވެ.
މި ހަމަނުޖެހުންތަކުގައި ދާދިފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވި
އެމްޑީޕީގެ ކުރީގެ ދެ މެމްބަރުން ކަމުގައިވާ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް
އަބްދުލްޙަކީމަށާއި، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ވަރަށް ބޮޑަށް
އަނިޔާވެގެން ދިޔައެވެ. މީގެތެރެއިން މެމްބަރ ޝަހީމް ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް
ގެންގޮސް ފަރުވާ ދޭން ފެށުނެވެ. އަދި މިހާރުވެސް ޝަޙީމް އޮންނެވީ ފަރުވައަށް
ހޮސްޕިޓަލްގައި އެދުމަތި ކުރެވިފައެވެ.
Advertisement
މަޖިލިހުގެ ޖަލްސާއެއް މިރޭ 8 ޖަހާއިރަށް
ތާވަލުކުރެވި މަޖިލިހުގެ ރައީސް ޖަލްސާފެށުމަށް މަސައްކަތް ކުރެއްވި ނަމަވެސް
ޖަލްސާވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ.
މިރޭގެ ޖަލްސާ މެދުކަނޑާލައިފައި ވަނިކޮށް  ޕީއެންސީގެ ޕީޖީ ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު
މޫސާ ސިރާޖު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މިއަދު މަޖިލީހުގައި އެކޯލިޝަނުގެ
މެމްބަރަކާއި މާރާމާރީ ހިންގާ އަނިޔާކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކުރަން
ޖެހިފައިވާ ކަމަށާއި، އެ މެންބަރު ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން މަޖިލިސް ކުރިއަށް
ގެންދަން ޖާގަ ނުދެވޭނެކަމަށެވެ.
"މިއަދު މަޖިލީހުގައި އަޅުގަނޑުމެންގެ މެމްބަރަކާ
މާރާމާރީ ހިންގާ އަނިޔާކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކުރަން ވަނީ ޖެހިފައި"
، "އެ މެންބަރު ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން މަޖިލިސް ކުރިއަށް ގެންދަން ޖާގައެއް
ނުދެވޭނެ"  
ސިރާޖުގެ އެކްސްޕޯސްޓުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ