"ފަލަސްޠީނާއެކު ދިވެހިން" ޓެލެތޯންގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ވަގުތު މިއަދު ހަވީރު 06:00 އާ ހަމައަށް އިތުރުކޮށްފިއެވެ.
މިކަމާގުޅިގެން ޕީއެސްއެމް އިން ބުނެފައިވަނީ މި ފަނޑަށް ފައިސާ ބަލައިގަތުމުގެ ވަގުތު އިތުރުކުރުމަށް ނިންމާފައިވަނީ، ފައިސާ ޓްރާންސްފަރ ކުރުމުގައި މިއަދު ހަވީރު ދިމާވި މައްސަލަތަކާއި ގުޅިގެން ގިނަ ބަޔަކު ވަގުތު އިތުރުކުރުމަށް އެދިފައިވާތީ އާއި އޭޓީއެމް ނުހުންނަ ރަށްރަށުގެ ކައުންސިލްތަކުން ރައްޔިތުންނާ ގުޅިގެން އެއްކުރި ފައިސާ ޖަމާކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ. އެހެންކަމުން ޓެލެތޯންގެ ލައިވް ކަވަރޭޖް މިރޭ 12:00 ޖެހިއިރު ނިންމާލި ނަމަވެސް ފަލަސްޠީނު ފަނޑަށް އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރުމުގެ ފުރުޞަތު އަދިވެސް އޮންނާނެ ކަމަށް ޕީއެސްއެމް އިން ވަނީ ބުނެފައެވެ.
ފަލަސްޠީން ފަންޑަށް ރޭ 12:00 ޖެހުމާއި ހަމައަށް 13،133،927ރ. (ތޭރަ މިލިއަން އެއް ލައްކަ ތިރީސް ތިން ހާސް ނުވަސަތޭކަ ހަތަވީސް ރުފިޔާ) ލިބިފައިވެއެވެ. އަދި 33،693.42 ޑޮލަރު ފަނޑަށް ލިބިފައިވާކަން ޕީއެސްއެމުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުންވެސް، މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި 13 ފަންޑު ފޮށީގެ ތެރެއިން ގިނަ ފަނޑުފޮށިތަކުގައި ހުރި ފައިސާ ގުނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
"ފަލަސްޠީނާއެކު ދިވެހިން" ޓެލެތޯންގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ވަގުތު މިއަދު ހަވީރު 06:00 އާ ހަމައަށް އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ