ބަނޑުހައިވެގެން ފިހާރައަކުން ވައްކަން ކުރި ކަމަށް ބުނި އަންހެނަކު ކޯޓުން ދޫކޮށްލައިފި މީހެއްގެ އަތުން ފޭރުނު ދިވެހި އަންހެނަކު ހައްޔަރުކޮށްފި ފުވައްމުލަކުގައި ފަތުރުވެރިއެއްގެ މުދަލާއި ފައިސާ ވަގަށް ނަގައިފި މަރުވީ ވައްކަން ކުރަން އުޅުނު މީހެއްކަމަށް ބެލެ

ކުރިއަށް އޮތް ތަނުގައި ކޯޓުތަކުން ނިންމާ ހުރިހާ ބޮޑެތި މައްސަލަތަކާއި ގުޅިގެންވެސް އެ މައްސަލައެއްގެ ތަހުގީގާ ގުޅޭ މައުލޫމާތު ފުލުހުން ހާމަ ކުރަމުން ގެންދާނެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ މިފަދަ ކޭސްތައް ރިވިއުކޮށް، ތަހުގީގުގެ މައުލޫމާތު ހާމަ ކުރެއްވުމަށް ހޯމް މިނިސްޓަރުވެސް ދާދި ފަހުން އަންގަވާފައިވާކަމަށެވެ. އެހެންކަމުން މިއަދު ބޭއްވި ބައްދަލުވުމުގައި ފުލުހުން ވަނީ މިދިޔަ ޑިސެމްބަރު މަހު މާލ އާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނުގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގުގައި ހޯދިފައިވާ މައުލޫމާތަކާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައެވެ.
މި ޕްރެޒެންޓޭޝަނުގައި ފުލުހުން ވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނާ، ކުށާ ގުޅުވާލެވޭ އަމަލުތަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ އަދި މަސްތުވާތަކެތި އެތެރެކޮށްފައިވާ ގޮތާއި ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މަންޒަރުތައް ދައްކާލާފައެެވެ.
ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ވަނީ 3 މީހެއްގެ މައްޗަށް އުފުލާފައެވެ. މި ގޮތުން މި މައްސަލައިގައި ދައުވާކޮށްފައިވަނީ އަހްމަދު ސުނައިނު ( ގދ. ހޯނޑެއްދޫ އިރުމަތީގެ)، އަލީ ޒުބައިރު (ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ) އިތުރުން، އަހުމަދު މުޖާހިދު (ގދ. ހޯޑެއްދޫ އަލޯރާ) މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ