މޫސުން ގޯސްވެ އޮރެންޖް އެލާޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސޫމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖް އެލާޓެއް ނެރެފި އެވެ.
މެޓް އޮފީހުން އޮރެންޖް އެލާޓް ނެރުނީ ކ. އަތޮޅުން އދ. އަތޮޅަށެވެ. މި އެލާޓް ނެރެފައިވަނީ ހަވީރު 5:30 އާ ހަމައަށެވެ. އެލާޓް ނެރެފައިވާ ވަގުތުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މާލެއަށް ރެއިން ފެށިގެން ވެހެމުން އަންނަ ވާރޭގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފަ އެވެ/ އެގޮތުން ފެން ބޮޑުވި މަގުތަކުން ޕަމްޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނީ ކުރިއަށް ދުވަސްތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން ބޯކޮށް ވާރޭ ވެހުމާ އެކީ ގަދަވަޔާ އެކީ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ