މޫސުން ގޯސްވާނެކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

މިރޭގެ މޫސުންވެސް ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.
މިރޭ ހއ. އަތޮޅުން ބ. އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ 18:30 އިން ފެށިގެން 00:30 އާ ހަމައަށެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ލަފާކޮށްފައިވާ ގޮތުގައި، މިރޭ، ހުދު ސަމާލު ނެރެފައިވާ ވަގުތުގެ ތެރޭގައި، ބޯކޮށް ވާރޭ ވެހި ގުގުރާނެއެވެ.
Advertisement
އަދި ހުދު ސަމާލު ނެރެފައިވާ ވަގުތުގެ ތެރޭގައި، ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށްވެސް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ