ދުނިޔެއާ އެއްގޮތް ޕްލެނެޓަކުން ޖައްވީ ފަށަލައެއް ހޯދައިފި

ތަރިއެއްގެ "ހެބިޓަބަލް ޒޯން" ގެ ވަށައިގެން އެނބުރެމުންދާ، ދުނިޔެއާ އެއްގޮތް ސިފަތަކެއް ހުރި ޕްލެނެޓެއްގެ ޖައްވީ ފަށަލައެއް ނުވަތަ އެޓްމޮސްފިއާއެއް އޮތްކަން ދިރާސާކުރާ ފަރާތްތަކުން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، މި ހޯދުމަކީ ދުނިޔޭގެ އިރުގެ ނިޒާމުން ބޭރުގައި، ދުނިޔެއާ އެއްގޮތް ހާލަތްތަކެއް ހުރި ޕްލެނެޓްތަކެއް ހުރެދާނެކަމަށް މިހާތަނަށް ލިބުނު އެންމެ ވަރުގަދަ ހެއްކެވެ.
MU STORE
Yes Maldives Pvt Ltd
Villa College
MU STORE
Enterprise Development Industrial Pvt Ltd
މި ޕްލެނެޓުގެ ޖައްވުން ފެނިފައިވަނީ ހީލިއަމް ގޭހެވެ. މިއީ ދިރުންތަކަށް އެހީތެރިވެދޭނެ ގޭހެއް ނޫން ނަމަވެސް، އެތަނުގައި އެހެނިހެން ގޭސްތައް ވެސް ހުރެދާނެ ކަމަށް ބެލެވެ އެވެ.
މި ދިރާސާގެ އިސް މުސައްނިފު، ހާވާޑް ޔުނިވާސިޓީގެ ޑރ. ކޮލިން ޗެރުބިމް މި ހޯދުން ސިފަކުރެއްވީ ވަރަށް މުހިންމު ކުރިއެރުމެއްގެ ގޮތުގަ އެވެ.
"އެލް.އެޗް.އެސް 1140 ބީ" ގެ ނަންދީފައިވާ މި ޕްލެނެޓަކީ ބިމާ 48 ލައިޓް އިޔާ ދުރުގައިވާ ޕްލެނެޓެކެވެ. މިއީ ދުނިޔޭގެ އިރަށް ވުރެ މާ ކުޑަ އަދި ފިނި، ރަތް ކުލައިގެ ތަރިއެއްގެ ވަށައިގެން ދައުރުވާ ޕްލެނެޓެކެވެ.
ދުރުގައިވާ ތަރިތަކުގެ ވަށައިގެން ދައުރުވާ 6،000 އަށްވުރެ ގިނަ ޕްލެނެޓްތައް މިހާތަނަށް ވަނީ ހޯދިފަ އެވެ. ނަމަވެސް، މި އާ ހޯދުން މުހިންމު ވަނީ ސައިންސްގެ ދާއިރާއިން ހޯދަން ބޭނުންވާ އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށްވާ، އެހެން ޕްލެނެޓަކުން ދިރުން ހޯދުމުގެ މަގްސަދާ ގާތަށް ގެންގޮސްދޭތީ އެވެ.
"ސައިންސް" ޖާނަލްގައި މި ދިރާސާ ޝާއިއުކުރި ސައިންސްވެރިން ބުނެފައިވާ ގޮތުގައި، އެހެން ޕްލެނެޓަކުން ދިރުން ހޯދުމުގެ ލަނޑުދަނޑި އަދި ހާސިލެއް ނުވެ އެވެ. ޕްލެނެޓެއްގައި ދިރުން ހުރުމަށްޓަކައި އެތަނެއްގައި ފެން ހުންނަން ޖެހެ އެވެ. އަދި އެ ޕްލެނެޓުގެ ތަރިއާ ދެމެދު ހުންނަން ޖެހެނީ އެންމެ ރަނގަޅު ދުރުމިނެވެ. 
މިފަދަ އެތައް ސަތޭކަ ޕްލެނެޓް ފެނިފައިވި ނަމަވެސް، ދިރުމަށް ބޭނުންވާ ފަދަ ހިލަ އާއި ވެލި އެކުލެވޭ ބިމެއް ލިބިފައި ވަނީ މަދު ޕްލެނެޓްތަކަށެވެ. އަދި އޭގެ ތެރެއިން އެޓްމޮސްފިއާއެއް އޮތްކަން މިހާތަނަށް ހޯދިފައި މި ވަނީ އެންމެ ޕްލެނެޓެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ