ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަބްދުﷲ ޖަމީލް މޫސާ މިރޭ އައްޔަންކޮށްފި އެވެ.
ތަފްސީލް - އޭނާ އެ މަގާމަށް އައްޔަންކުރީ އެކަމަށްޓަަކައި މިރޭ ސުޕްރީމް ކޯޓުގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގަ އެވެ. މަގާމުގެ ލިއުން ޖަމީލާ ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާދަމް އެވެ.
ޖަމީލަކީ:
ފަނޑިޔާރު ކަމުގައި 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް
23 ސެޕްޓެމްބަރު 2003 އިން 31 ޖެނުއަރީ 2009އަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރެއްވި
1 ފެބްރުއަރީ 2009 އިން 21 ފެބްރުއަރީ 2019އަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި
ފަނޑިޔާރުކަމުން ވަކިވެވަޑައިގަތް ފަހުން މިދިޔަ ހަ އަހަރު ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި
ފާހަގަކޮށްލެވޭ ކަމެއް - ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް 17 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ މަގާމަށް އައްޔަންކުރަން ޖޭއެސްސީން ނިންމީ، ޖަމީލުގެ އިތުރުން، ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި އުޅުއްވި އަދި މި ސަރުކާރުގައި ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީގެ ސިޔާސީ މަގާމެއް ވެސް އަދާކުރެއްވި މުހައްމަދު ޝަހީދު އެވެ.
އެކަމަކު ޝަހީދަކީ ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ މެންބަރެއް ކަމަށާއި އޭނާގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ އެ މަގާމަށް އައްޔަންކުރުން ހުއްޓުވުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، ޝަހީދުގެ ނަން އޭނާ ވަނީ މިއަދު އަނބުރާ ގެންދަވާފަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރަކަށް ޖަމީލު އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ