ޓެލެގްރާމްގައި ‘ޖަޒީރާ’ގެ ނަމުގައި ނެޓްވޯކެއް ހަދައިގެން އެކި ޒާތުގެ ބޮޑެތި ކުށްތައް ހިންގަމުން ދަނިކޮށް އަތުލައިގަތް އެ ޗެނަލްގެ އިސް މީހަކު ހަތަރު އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހަަތަރު އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ އިބްރާހިމް ރަޝީދު، ދަފްތަރު ނަންބަރު ރސ 12966، އެވެ. އޭނާގެ މައްޗަށްކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީ އެނގިހުރެ އެ އާމްދަނީ ބޭނުންކުރުމުގެ ދައުވާ އަށް ވަނީ އިއުތިރާފުވެފައެވެ. އަދި ދައުލަތާ އެކު ކުށުގެ އިއުތިރާފު އެއްބަސްވުމެއް ހަދާފައިވާއިރު، އެ އެއްބަސްވުމަށް ރިއާޔަތްކޮށް ކޯޓުން ހުކުމްކޮށްފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއަށް 2 އަހަރާއި 6 މަސް އަދި އަނެއް ދައުވާއަށް 1 އަހަރާއި 6 މަސް؛ ޖުމުލަ 4 އަހަރުގެ ޖަލު ހުކުމެކެވެ.
މި މައްސަލަތަކުގައި އޭނާ މިހާތަނަށް ޖަލުގައި ހޭދަކުރި ދުވަސްތައް އުނިކުރުމުން ހުކުމުން ތަންފީޒުކުރަން ޖެހެނީ 2 އަހަރާއި 8 މަހާއި 13 ދުވަހަށެވެ. އަދި މމަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމުން 463،637.61ރ.ގެ ޖޫރިމަނާއެއް 60 ދުވަސް ތެރޭގައި ދެއްކުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން ވެސް މި މައްސާލަގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ.
މޫސާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވަނީ ފުލުހުންނަށް ބޮޑު ކުރި މުސާރަ ނުލިބޭ ކަމަށް ބުނެ ދައްކަމުންދަނީ ދޮގު ވާހަކައެއް! މާވަށުގައި، މީހަކު މަރާލުމަށް ބޭނުންކުރި ވަޅި ހޯދައިފި އަމިއްލަ ކޮޓަރީގައި ރޯކޮށްލުމުގެ ތުހުމަތުގައި މީހަކު ހައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ