އަޑުމަޚްރަޖު ހަޑިވުމަކީ ޤުރްއާން ކިޔެވުމުން ލިބެން އޮތް ޘަވާބުން އުނިވާނެ ކަމެއް ނޫން!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ޤުރްއާން ކިޔެވުމުން ފުރިހަމަ ޘަވާބު ލިބޭނީ އަޑުމަޚްރަޖު ރީތި މީހުންނަށް ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. އިންސާނުންނަށް އަޑު ދެއްވަވަނީ ﷲ ތަޢާލާއެވެ. އެއީ އެމީހަކު އަމިއްލައަށް ކުރާ ކަމެއް ނޫނެވެ.  
އަޑު މަޚްރަޖު ކިތަންމެ ހަޑިނަމަވެސް ރިވެތި ގޮތުގައި ޤުރްއާން ކިޔަވަން މަސައްކަތްކުރާ މީހާގެ އަޑުދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ! ﷲ ތަޢާލާ ޖަޒާ ދެއްވަވަނީ އެމީހަކު ކުރާ މަސައްކަތަކަށެވެ. ވީމާ އަޑުމަޚްރަޖު ރިވެތި ނޫންނަމަ އޮތީ އެމީހަކަށް ކުރެވެން އޮތް ބޮޑަށް މަސައްކަތްކޮށްގެން ވީހާރިވެތިކޮށް ކިޔަވަން މަސައްކަތް ކުރުމެވެ.  
ކޮންމެ މީހަކަށް ހުރިހާ އަކުރުތަކެއް ތަޖުވީދު މަގުން ނުކިޔެވިދާނެއެވެ. އަދި ޣުންނަ ކުރުން ފަދަ ކަންކަންވެސް އެންމެ ފުރިހަމައަށް ނުކުރެވިދާނެއެވެ. އެޙާލަތުގައި އޮތީ އެމީހަކަށް ވެވުނުވަރަކަށް މަސައްކަތްކުރުމެވެ. ޔަޤީންކުރަންވީ އެމީހަކު އެކަމަށް ކުރާ މަސައްކަތް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާ ކަމެވެ.  
އަދިވެސް ވިސްނާށެވެ! ކިތަންމެ ރީތިއަޑުން ނަމަވެސް ފަރުވާކުޑަކޮށްލައިގެން ކިޔަވާނަމަ އޮތީ ލަޢްނަތެވެ! މިއީ މާނުރައްކާ ކަމެކެވެ. ވީމާ ލަޢުނަތް ލެއްވެވުމުން ސަލާމަތްކަން ލިބިގަންނަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ