އިސްރާއީލުގެ ޖާސޫސީ އިދާރާއަށް އީރާނުން ހަމަލާދީފި
ތެލް އަވީވުގައި ހުންނަ އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑުގެ މައި މަރުކަޒަށް އީރާނުން ހަމަލާ ދީފައިވާ ކަމަށް އީރާނުގެ ނޫސް އޭޖެންސީ ތަސްނީމުން ބުނެފިއެވެ. މޮސާޑުގެ މައި މަރުކަޒު ކައިރިން ދުން އަރާ މަންޒަރު ފެންނަ ވީޑިއޯ ފޫޓޭޖެއްވެސް ވަނީ އާންމުވެފައެވެ. އެ ހަމަލާ ދިނީ އިރާނުގެ އެންމެ އިސް އަސްކަރީ އިދާރާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުންނެވެ. އިރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް އާންމުކުރި ވީޑިއޯ މެސެޖެއްގައި ރިވޮލިއުޝަނަރީ ކޮމާންޑުން ވަނީ އެކަން ކަށަވަރުވެސް ކޮށްދީފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުން ވަނީ 140 އަށް ވުރެ ގިނަ ޑްރޯން އިސްރާއީލާ ދިމާއަށް ފޮނުވާލާފައެވެ. މޮސާޑަށް ހަމަލާދިނުމާގުޅޭ ގޮތުން އިސްރާއީލުން މިހާތަނަށް އަދި އެއްޗެއް ބުނެފައެއްނުވެއެވެ. ހުކުރު ދުވަހު އިސްރާއީލުން ދޭން ފެށި ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ދެ ގައުމުން ވެސް ވަނީ އެ ގައުމުތަކުގެ ސަރަހައްދުތަކުގައި ހުރި އަސްކަރީ އަދި އާންމު ފެސިލިޓީތަކަށް އަމާޒުކޮށްގެން ހަމަލާތައް ދީފައެވެ. އިސްރާއީލުން ވަނީ އީރާނުގެ ދައުލަތުގެ ޓީވީ ޗެނަލް ހިންގާ އިމާރާތަށް ވެސް ހަމަލާދީފައެވެ. ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ހަނގުރާމައެއްގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި ބައިނަލްއަގްވާމީ އޮބްޒާވަރުން އަންނަނީ ހާލަތު މޮނިޓާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ