ދެ ކަރަންޓު ބިލެއް ފޮނުވަނީ، ރޯދަމަހުގެ ޑިސްކައުންޓް ފުރިހަމައަށް ދޭން މާލޭގެ ޓްރާންސްފޯމަރު ސަބްސްޓޭޝަނަށް ވަދެ ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި ސްޓެލްކޯގެ ދެ ހައި ވޯލްޓޭޖް އެޗްވީ ޓްރާންސްފޯމަރަކަށް ބޮޑެތި ގެއްލުންތަކެއްދީފި އިސްލާމީ މަރުކަޒު

މިދިޔަ އޭޕްރިލް މަހާ އަޅާ ބަލާއިރު މެއި މަހުގެ ކަރަންޓު ބިލު ބޮޑު ކަމަށް ދައްކަނީ އޭޕްރިލް މަހުގެ ބިލުގައި ޑިސްކައުންޓް ހިމަނާފައިވާތީ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ ކަރަންޓު ބިލްތައް، އަލަށް ކަނޑައެޅި ކުޑަ ޓެރިފް ރޭޓުން ހެދުމުން ވެސް މާ ބޮޑު ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލްމީޑިއާގައި ހިތްހަމަނުޖެހުންތަކާ އެކު، މިދިޔަ ތިން މަހުގެ ބިލްތައް އަޅާކިޔައި، ދަނީ ޝަކުވާކުރަމުންނެވެ.
މިކަމާއި ގުޅިގެން މިއަދު ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަރަންޓުގެ ޓެރިފް ރޭޓުތައް އަގުހެޔޮ ކުރުމަށް ނިންމެވުމާ ގުޅިގެން އެ ނިންމެވުމާ އެއްގޮތަށް ހަދާފައިވާ މެއި މަހުގެ ކަރަންޓު ބިލުތައް އޭޕްރިލް މަހުގެ ބިލަށްވުރެ ބޮޑު ކަމަށް ދައްކަނީ އޭޕްރިލް މަހު ޑިސްކައުންޓް ލިބިފައިވާތީ ކަމަށެވެ.
އަދި ޓެރިފް ރޭޓުތަކަށް އައި ބަދަލުތަކާއެކު ކަރަންޓު ބިލަށް އައި ބަދަލު ސާފުކޮށް ފެންނާނީ އެންމެފަހުން ގޭބިސީތަކަށް ފޮނުވި ތިން ބިލުގެ ކުރިން ގޭބިސީތަކަށް ފޮނުވާފައިވާ ބިލުތަކާ އަޅާ ކިޔުމުން ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
“މެއި މަހުގެ ކުރިން ފޮނުވާފައިވާ ތިން ބިލުގެ ތެރޭގައި ދެ ބިލަކީ ރަމަޟާން މަހާ ދިމާކޮށް، ސަރުކާރުން ދެއްވާފައިވާ ޑިސްކައުންޓް ހިމެނޭ ދެ ބިލް. . އަނެއް ބިލަކީ ކުރު މުއްދަތަކަށް ކޮށްފައިވާ ބިލެއް. އެހެންވެ ޓެރިފުގެ ބަދަލާއެކު ކަރަންޓު ބިލުތަކަށް އައި ހަގީގީ ފަރަގު ފެންނާނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ބިލު ނުވަތަ މި އަހަރުގެ ޖެނުއަރީ މަހުގެ ބިލު އަޅާ ކިއުމުން” ސްޓެލްކޯއިން. ބުނެފައިވެއެވެ.
ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ނުވަތަ އާންމު ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް މި މަހުގެ 1 އިން ފެށިގެން ދަށްކުރާނެ އުސޫލެއް ކަނޑައަޅުއްވައި، އެއާ އެއްގޮތަށް އަމަލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މޭ މަހުގެ 30 ގައި އަންގަވައިފަ އެވެ.
މި ރޭޓްގައި، 1-100 އާ ދެމެދުގެ ބޭންޑުތައް 1.50 ރުފިޔާއިން 1.25 ރުފިޔާއަށް ވަނީ އަގުހެޔޮ ކުރައްވާފައެވެ. އަދި 101ން 400 އާ ދެމެދުގެ ބޭންޑުތަކުގެ އަގު 1.50 ރުފިޔާއަށް ކުޑަކުރައްވާފައިވާއިރު 401-500ގެ ބޭންޑުތައް 2.95 ރުފިޔާއިން 2.66 ރުފިޔާއަށް އަދި 501-600 ގެ ބޭންޑުތައް 3.55 ރުފިޔާއިން 3.20 ރުފިޔާއަށް ވަނީ ކުޑަކުރައްވާފައެވެ.
މީގެ އިތުރުން 600 އިން މަތީގެ ހުރިހާ ބޭންޑުތަކުގެ އަގު 4.25 ރުފިޔާއިން 3.83 ރުފިޔާއަށް ވަނީ ކުޑަކުރައްވާފައެވެ.
ރައީސްގެ މި ނިންމެވުމާއެކު މިދިޔަ މެއި މަހުގެ ބިލުތައްވެސް އައު ޓެރިފް އަގުތަކުގައި ލިބޭނެ ކަމަށް ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނިތަކުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ