ބީއެމްއެލްގެ މުވައްޒަފުންގެ އަގުވަޒަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް، މިރޭ އެ މުވައްޒަފުންނަށް އެވޯޑު ދީފިއެވެ.ކްރޮސްރޯޑްސްގައި ބޭއްވި އެ ހަފުލާގައި އެންމެ ރަނގަޅު މުވައްޒަފުންނާއި ޓީމުތަކަށް އެވޯޑު ދިނެވެ.ރާއްޖޭގައި އެންމެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އަދި ކަސްޓަމަރުން އެންމެ ގިނަ ބޭންކު، ބީއެމްއެލް އިން ކޮންމެ އަހަރަކު ވެސް ދޭ އެންމެ ޝަރަފުވެރި އެވޯޑު "އެމްޕްލޯއީ އޮފް ދަ އިޔާ" ގެ އެވޯޑު މި ފަހަރު ލިބުނީ ޑިރެކްޓާ އޮފް ފައިނޭންޝަލް ޓްރާންސެކްޝަންސް، ހުޒާއަތު އަލީ އަށެވެ. "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓްސް" އެވޯޑު ލިބުނީ ހެޑް އޮފް ކަސްޓަމާ އެކްސްޕީރިއަންސް ހުސައިން ރަޝީދާއި ހެޑް އޮފް ޕްރިމިއަމް ބޭންކިން އަބްދުﷲ ސޮބާހު އަށެވެ. "ލީޑާޝިޕް އެކްސެލެންސް އެވޯޑު" ލިބުނީ އިންޗާޖު އޮފް ޑިޖިޓަލް ޓެކްނޮލަޖީ ޑިވިޝަންގެ މުހައްމަދު ސާވީއަށެވެ.އޭގެއިތުރުން، މިދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި މުވައްޒަފުންނާއި ޓީމުތަކަށް ބެސްޓް ޑިވިޝަން އެމްޕްލޯއީއާއި އިމާޖިން ޓެލެންޓާއި ކަސްޓަމާ ސާވިސް އެކްސެލެންސާއި އައުޓްސްޓޭންޑިން ޓީމް އެޗީވްމަންޓާއި ޕްރޮޖެކްޓު އެކްސެލެންސްގެ އިތުރުން އިންވޭޝަން ކެޓަލިސްޓު ފަދަ ގިންތިތަކުން ވަނީ އެވޯޑު ދީފައެވެ.މި އެވޯޑުތައް ހަވާލުކޮށްދެއްވީ، ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންނެވެ."ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމުތަކާއި ފްލެކްސިބަލް މަސައްކަތުގެ އިންތިޒާމުތަކާއި މުވައްޒަފުންގެ އެކި ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަފާތު ޕްރޮގުރާމުތައް އަޅުގަނޑުމެން ވާނީ ތައާރަފުކޮށްފައި. މި ބަދަލުތަކުން ދައްކައި ދެނީ ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް އަޅުގަނޑުމެންދޭ އަހައްމިއްޔަތު،" އެ ރަސްމިއްޔާތުގައި ސީއީއޯ ޝަރީފް  ވިދާޅުވި އެވެ.ބީއެމްއެލްއިން ކޮންމެ އަހަރަކު ވެސް އެ ބޭންކުންގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އަހަރީ އެވޯޑު ހަފުލާއެއް ބާއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ