ރާއްޖެ ކުރިއެރުވުމުގައި އަމިއްލަ ވިޔަފާރިތަކުން ކުރި މަސައްކަތް ސަރުކާރުން ގަބޫލެއްނުކުރޭ: ވަހީދު

ދިވެހިރާއްޖެ މިއަދު މިއޮތް ހިސާބަށް ގެނައުމަށް ވިޔަފާރިތަކުން ކުރި ބުރަ މަސައްކަތް ސަރުކާރުން ގަބޫލުކުރާ ތަން ނުފެންނަ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ. އެސްއެެސް ޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަމުން ވަހީދު ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ބައްޓަންކުރާ ތަން ފެންނަނީ، އާންމުންގެ ވިޔަފާރިތަކާ ވަރަށް ބޮޑަށް ''ޖެހިގަނެގެން ނުވަތަ ވިޔަފާރިވެރީން ދެކެ ރުޅިއައިސްގެން'' އެކުލަވައިލާ ސިޔާސަތުތަކެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖެ މި ހިސާބަށް ގެނައުމަށް މަސައްކަތްކުރެއްވި ވިޔަފާރިވެރީންނާއި ވިޔަފާރިތަކުން ކުރި މަސައްކަތް ސަރުކާރުން ގަބޫލުކުރާ ތަން ނުފެންނަކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ގައުމު މިހާ ހިސާބަށް އައިސްފައި މި އޮތީ ވިޔަފާރިވެރީން ކޮށްފައިވާ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އެހެންކަމުން، ކޮންމެ ސިޔާސަތެއް އެކުލަވައިލި ކަމުގައިވީ ނަމަވެސް ވިޔަފާރިވެރީންނާއެކު ވާހަކަދައްކައި ސުލްހަވެރި ހައްލެއް ކަންކަމުގައި ހޯދުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށް ވަހީދު ވަނީ ވިދާޅުވެފައެެވެ. އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ، ސަރުކާރުން ގަދަބާރުން ކަންކަން ކުރައްވަން އުޅުއްވާތަން. ތިބޭފުޅުންނަށް ވެސް ފެނިލައްވާނެ ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ވެސް ޑޮލަރުގެ ކަންތައްތަކުގައި ވިޔަފާރިވެރީންނަށް ގޮންޖައްސަވާފައި، ގަވާއިދު އެކުލަވާލަމުން އައި މަރުހަލާގައި ގޮންޖައްސަވާފައި އެކަން ކުރައްވާނެ ކަމަށް ވިދާޅުވަމުން އައީ. ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރުު އަބްދުﷲ ވަހީދު ވަހީދު ވިދާޅުވީ ވޭޕު މަނާކުރުމާއި، ސިނގިރޭޓުގެ ޓެކުހާ ގުޅުންހުރި ކަންކަމުގައި ވެސް ފެނިގެންދިޔައީ ރައްޔިތުންނަށް ގޮންޖައްސަވާ ކަންކަން ކުރެއްވި މަންޒަރު ކަމަށާއި ރާއްޖޭގެ އިގްތިޞާދުގެ މައި ބަދައިގެ ގޮތުގައި ހުރި މެދުފަންތީގެ ވިޔަފާރިތަކާ ސަރުކާރުން ''ޖެހިގަނެގެން'' އަމަލުކުރި ތަން ކަމަށެވެ. އޭނާ ވިދާޅުވީ ޑޮލަރުގެ ކަންކަމުގައި ވެސް ގަދަބާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ސަރުކާރުގެ ޑޮލަރު މާރުކުރާ ސިޔާސަތުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލުޔެއް ލިބޭތަން ނުފެންނަ ކަމަށާއި، ރައްޔިތުންނަށް ޑޮލަރު ގަންނަން ލިބޭ ރޭޓު ވެސް ދުވަހެއް ދުވަހެއް މަތިވަމުން އަންނަނީ އެހެންވެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އޭނާ ވަނީ މި ސަރުކާރުން ގެންނަ ސިޔާސަތުތަކުން ރައްޔިތުންނަށް ކުރާ ފައިދާއަކީ ކޮބައިތޯއާއި ވިޔަފާރިތަކަށް ކުރާ ފައިދާއަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. https://sun.mv/207236 ސިޔާސަތުތައް އެކުލަވައިލުމުގެ އިތުރުން، މި ސަރުކާރުން މަޝްރޫއުތައް ހިންގުމަށް ސަރުކާރު ކުންފުނިތަކާ ހަވާލުކުރާތީ ވެސް އަމިއްލަ ގިނަ ވިޔަފާރިތަކުން އަަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަމިއްލަ ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ސަރުކާރުން އެހެން އަމަލުކުރުމުން، މެދުފަންތީގެ ވިޔަފާރިތައް ނިކަމެތިވެ، ދިވެހި އިގްތިޞާދުގެ ތެރޭ ދައުރުވާ ފައިސާ މިހާރަށްވުރެ ދަށަށް ދިއުމެވެެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް ތިޔާގިކަން ލިބުމުގެ ބަދަލުގައި ނިކަމެތިކަން ލިބުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ