ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައި ކޯޓަށް މައްސަލަ ހުށައަޅުއްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފައިވަނިކޮށް، އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުއްލި ގޮތަކަށް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ.
ޖޭއެސްސީން ސަސްޕެންޑުކުރީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ. މި ފަނޑިޔާރުންނާ ގުޅޭގޮތުން އޭސީސީން ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަށް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބުރާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެ ކޯޓުގައި ތަޅުއެޅުވުން ކަމަށެވެ.
"ކުއްލި ނުރައްކަލުގެ ޙާލަތު މާދަމާ އިޢުލާނު ކުރިއަސް، ރައްޔިތުންގެ ޙައްޤުތައް ގެއްލޭނެއެވެ. ގާނޫނު އަސާސީގެ ބާރު ދިޔައީއެވެ،" އިބްރާ ވިދާޅުވި އެވެ.
އެއާއެކު އިބުރާ ވަނީ ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހަދައިދިނުމަށް އެދި ހައި ކޯޓަށް މިހާރު މައްސަލަ ހުށަހަޅައިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހޯދަން ހައިކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ