ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާ އެޅުމާއި ކާސްޓިންގެ މަސައްކަތްތައް ކުރުމަށް ހާއްސަ ސަރުކާރު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސްއަށް ލިބިދޭ ބާރުގެ ދަށުން އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑުގެ ނަމުގައި ސަރުކާރު އާ ކުންފުންޏެއް އުފައްދަވައި ގެޒެޓު ކުރީ މިރޭ އެވެ.
ރައީސް އޮފީހުން ބުނީ އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަކޮށް ޒަމާނީ ޓެކްނޮލޮޖީ އާއި އިޖާދީ ވަސީލަތްތައް ބޭނުންކޮށްގެން ގާ އެޅުމާއި ކާސްޓިންގެ މަސައްކަތްތައް ކުރުން ކަމަށެވެ. އަދި އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒު ކުރުމަކީ ވެސް އެ ކުންފުނި އުފެއްދުމުގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ކުންފުންޏަށް ހުއްދަ ދޫކޮށްފައިވާ ރައުސުލްމާލަކީ 10ރ. ގެ 10،000،000 ހިއްސާގެ މައްޗަށް ބަހާލެވިފައިވާ ސަތޭކަ މިލިއަން ރުފިޔާ އެވެ. އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުުގެ ހައްގު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ވަކި ގާނޫނީ ޝަހުސެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑުގެ ނަމުގައި ރައީސް މިރޭ އުފެއްދެވި ކުންފުންޏަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާ އެޅުމާއި ކާސްޓިން މަސައްކަތް ކުރަން ސަރުކާރު ކުންފުންޏެއް ރައީސް އުފައްދަވައިފި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާ އެޅުމާއި ކާސްޓިން މަސައްކަތް ކުރަން ސަރުކާރު ކުންފުންޏެއް ރައީސް އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ