ފޯނަށް ޤުރްއާން އެޕް އަޅައި ނުކިޔަވާ މީހުންނަކީ ދެއްކުންތެރިންކަމުގައިވުން ގާތް! އެއީ މުނާފިޤުންގެ ސިފައެއް!:: މުފްތީ މެންކް

މުސްލިމުން އެންމެ ބޮޑަށް ރައްކައުތެރިވާންޖެހޭ އެއްކަމަކީ ދެއްކުންތެރިކަމެވެ. ދެއްކުންތެރި ކޮންމެ ޢަމަލަކީ ބޮޑުފާފައެކެވެ. ނަރަކައަށް އެންމެ ފުރަތަމަ އެއްލައިލެވޭނީވެސް ދެއްކުންތެރިންނެވެ. މިއީ ޙަދީޘްފުޅުން އެނގި ޔަޤީންކުރެވެންހުރި ކަންކަމެވެ.
މުސްލިމުންގެ ތެރެއިން ސްމާޓް ފޯން ގެންގުޅޭ ގިނަ އަދަދެއްގެ މީހުން އެމީހުންގެ ފޯނުގައި ޤްރުއާން ގެންގުޅެ، އެމީހުން ދާހައި ތަނަކަށް ޤްރުއާން ގެންދެއެވެ. ނަމަވެސް ފޯނުގައިވާ އެޕުން ނުވަތަ ފޯނުން ކީރިތި ޤްރްއާނުން އަކުރެއް ކިޔަވަނީ ކިތައް މީހުން ހެއްޔެވެ؟ ވީއިރު އެއީ ދެއްކެން ކުރާ ކަމެއްހެއްޔެވެ؟
ބައެއް މީހުން ފޯނު ގަތުމަށްފަހު އަޅާ ފުރަތަމަ އެޕްލިކޭޝަންތަކުގެ ތެރޭގައި ކީރިތި ޤިރްއާން ހިމެނެއެވެ. ނަމަވެސް ސުވާލަކީ އެޕްލިކޭޝަން އެޅުމަށްފަހު ހުޅުވައި ނުކިޔަވާނަމަ އަޅައިގެން ތިއަ ގެންގުޅެނީ ކީއްކުރަންހެއްޔެވެ؟
ވިސްނާށެވެ! ތިމާވެސް އުޅެނީ ކީރިތި ޤުރްއާނުގެ އެޕްލިކޭޝަން އަޅައިގެންކަން މިސްތަކުންނަށް ދައްކަން އެކަންކޮށްގެން އުޅޭނަމަ އެކަންވާނީ ދެއްކުންތެރިކަމުގެ ޢަމަލަކަށެވެ. އެއީ މުނާފިޤުންގެ ސިފައެކެވެ. މުނާފިޤުން ތިބޭނީ ނަރކައިގެ އެންމެ އަޑިގައި، އެންމެ ގަދަޢަޛާބުގައެވެ.
"ފޯނަށް ޤްރްއާން އެޕްލިކޭޝަން އެޅުމަކީވެސް ހެޔޮ އަމަލެއް. ނަމަވެސް އެ އަމަލު ހެޔޮ އަމަލަކަށްވާނީ އެއިގެ ބޭނުން ހިފީމަ. ފޯނުން ކީރިތި ޤްރްއާން ނުކިޔަވާނަމަ އެޕްލިކޭޝަނެއް ބެއިންދުމުގެ ބޭނުމަކީ ކޮބާ؟"
ކީރިތި ޤުރްއާން ކިޔަވަން ބޭނުންވުމުން ޚަތިމް ނަގައިގެން ކިޔަވާނަމަ ވުޟޫކުރަން ޖެހެއެވެ. ނަމަވެސް ފޯނުން ބަލައިގެން ކިޔަވާނަމަ ވުޟޫކުރާކަށް ނުޖެހޭނެއެވެ. ކޮންމެ ތަނެއްގައިހުރެގެން ކޮންމެ ވަގުތަކުވެސް ފޯނުބަލައިގެން ކިޔެވޭނެއެވެ.
ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު މިއީ މުސްލިމުންނަށް ދެއްވަވާފައިވާ އެންމެ ބޮޑު އެއް ނިޢްމަތެވެ. އެ ނިޢްމަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ވީހައި ގިނައިން ކީރިތި ޤުރްއާން ކިޔަވާ މީހަކަށްވާށެވެ! އަދި މާނަވެސް ކިޔައި ދަސްކުރަމުން ގެންދާށެވެ! ޓެކްނޮލޮޖީން ލިބުނު ކުރިއެރުމުގެ ފައިދާކުރާނީ އެއިރުންނެވެ.
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ