މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ހިންގާ އިންވެސްޓްމަންޓުތަކުގެ އަގު 1.5 ބިލިއަން ރުފިޔާއަށް ބޮޑުކޮށްފި

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ހިންގާ މަޝްރޫޢުތަކުގެ އަގު 1.5 ބިލިއަން ރުފިޔާއަށް ބޮޑުކޮށްފިއެވެ.
ރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގައި އޮންނަގޮތުން ދައުލަތުގެ އާއްމު މަންފާއަށް ސަރުކާރުން ކަނޑައަޅާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތަކަށް އެންމެ މަދުން އިންވެސްޓްކުރަންޖެހޭ އެންމެ މަދު އަދަދު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަން ޖެހެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވާފައިވާ ޤަރާރެއްގައި ވަނީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި ޤައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިއަށްގެންދަން ރޭވިފައިވާ މަޝްރޫޢޫތަކުގެ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަށް ބޮޑުކޮށްފައެވެ.  ކުރިން މިއަދަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 15 މިލިއަން ޑޯލަރެވެ. އެ ޤަރާރު ނެރުއްވާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
Advertisement
ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައިވާގޮތުން މި ގަރާރުގެ ދަށުން ރަށްރަށުގައި އެއާޕޯޓްތައް އެޅުމާއި ބިން ހިއްކުމާއި ހައުސިން މަޝްރޫޢުތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ލިބިދޭކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ