ކެލާ އަދި ކާށިދޫ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ދެ ރަށުގެ ފަޅުގައި ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީ އިން ބީލަމަށް ހުޅުވާލާފައި ވަނީ އިއްޔެ އެވެ.
ހއ. ކެލާ ފަޅުގައި ދެ ޓޫރިސްޓް ރިސޯޓާއި އަދި ކ. ކާށިދޫ ފަޅުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ދެ ރަށުގެ ފަޅުގައި ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީ އިން ބީލަމަށް ހުޅުވާލާފައި ވަނީ އިއްޔެ އެވެ.އެ މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނެފައި ވަނީ ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްގީކުރުމަށް އެރަށުގެ ފަޅުތެރެއިން 156.2 ހެކްޓަރުގެ ސަރަހައްދަކާއި 169.3 ހެކްޓަރުގެ ސަރަހައްދެއްގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރާ ކަމަށެވެ.އަދި ހަމައެފަދައިން ކާށިދޫ ފަޅު ތެރެއިން 115.21 ހެކްޓަރުގެ ސަރަހައްދެއްގައި ވެސް ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ.
މި ބީލަންތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހާއި އަންނަ މޭ މަހުގެ ހަވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ ފަސްވަނަ ވަނަ ދުވަހެވެ.މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް މިމަހުގެ 14 ވަނަ ދުވަހާއި އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 12:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް މައުލޫމާތު ފޮނުވަން ޖެހެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ