ބީއެމްއެލް ކާޑު ޕްރޮމޯޝަން: އެއްލައްކަ ރުފިޔާގެ ނަސީބުވެރިޔަކަށް ހަސަން ނާސިހު ބީއެމްއެލް ކާޑު ޕްރޮމޯޝަން: އެއްލައްކަ ރުފިޔާގެ ނަސީބުވެރިޔަކަށް ހަސަން ނާސިހު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދިޔަ "ޝޮޕް ޕޭ އެންޑް ވިން" ޕްރޮމޯޝަންގައި އެއް ލައްކަ ރުފިޔާ ލިބޭ ނަސީބުވެރިޔަކަށް ހދ. ނޮޅިވަރަންފަރު، ހަސަން ނާސިހު އަބްދުﷲ ހޮވިއްޖެ އެވެ.
ޖެނުއަރީ މަހު ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ދުވަހަކު ވެސް ފަސް ނަސީބުވެރިއަކަށް 1،000ރ. ގެ އިނާމެއް ދީފައިވެ އެވެ.
އެ ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ބީއެމްއެލްގެ ކްރެޑިޓް އަދި ޑެބިޓް ކާޑުން، 200ރ. އަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކާ އެކު ޕްރޮމޯޝަނުގައި ބައިވެރިވެވޭ ގޮތަށެވެ.
ބީއެމްއެލްއަކީ 8،000 އަށްވުރެ ގިނަ މާޗަންޓުންނާ އެކު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެކެވެ.
އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ބީއެމްއެލް ކާޑު ބޭނުންކުރެވޭއިރު، އެ ބޭންކުގެ ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް، ބޭންކުގެ ޕާޓްނާ މާޗެންޓުން ދެމުންދާ ޑިސްކައުންޓްތަކާއި އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކްރެޑިޓް ކާޑު މެންބަރުންނަށް އީޒީޕޭ އިންސްޓޯލްމެންޓް ޕްލޭން ލިބެ އެވެ.
މީގެ އިތުރުން ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކަށް ރިވޯޑް ޕޮއިންޓް ލިބުން ފަދަ ހާއްސަ ފައިދާތައް ލިބެ އެވެ. ރިވާޑްސް ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓް ކާޑާއި ރާއްޖޭގެ ބައެއް ވިޔަފާރިތަކުގެ ވައުޗާ ވެސް ލިބެ އެވެ.
ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް ކާޑަށް އެދި ހުށަހެޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ