މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތުގެ
ތެރެއިން ހަވީރީހިނގުން ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
މާލޭގެ މަގުތައް ތަރައްގީކޮށް މަގުތަކުގައި ފެންބޮޑުވުން ހައްލުކުރުމަށްޓަކައި
ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މަގުތަކުގައި ފެންބޮޑުވުމަކީ ރައްޔިތުންނަށް
ވަރަށް ބޮޑަށް ދަތިވެފައިވާ މައްސަލައަކަށް ވުމުން ވީހާ ވެސް އަވަހަށް މި
މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ މޭޔަރ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ. މި މަސައްކަތް ކުރިއަށްދާ
ގޮތުގެ މަޢުލޫމާތު ދެއްވަމުން މޭޔަރ ވިދާޅުވީ
މި މަސައްކަތަކީ އާރު.ޑީ.ސީއާއި،
އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީ ގުޅިގެން ކުރިޔަށް ގެންދާ
މަސައްކަތެއްކަމަށެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް
ގެނެސްދިނުމަށްޓަކައި ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑެތި ޕަންޕުތައް ހޯދުމަށް އޯޑަރުކޮށްފައިވާ ކަމަށާއި، އުންމީދަކީ މި ޕަންޕުތައް ކުރިއަށް އޮތް 3-2 ހަފުތާގެ ތެރޭގައި ލިބުން ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ. މަގުތައް ތަރައްގީ ކުރުމުގައި އަމީނީ މަގާއި ޗާންދަނީ މަގު ފަދަ ބޮޑެތި
މަގުތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަން މޭޔަރ
ފާހަގަކުރައްވާފައިވެއެވެ.
މި މަސައްކަތުގައި ކައުންސިލް
މެމްބަރުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިވަޑައިގަންނަވަމުންދާކަން
ފާހަގަކޮށް މާލޭގެ މަގުތައް ބެލެހެއްޓުމަކީ ކައުންސިލްގެ ޒިންމާއެއްކަން މޭޔަރ ވަނީ ފާހަގަކުރައްވާފައެވެ.
ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ