ގައުމިއްޔަތު ވުޒާރާއިން 52 ހަފްތާ ތެރޭގައި ކުރި އެންމެ މުހިންމު މަސައްކަތަކީ 50 ވަރަކަަށް ޕެނަލް ޑިސްކަޝަން ބޭއްވުން: އާދަމް ނަސީރު

ރައީސް މުއިއްޒުގެ ސަރުކާރަށް 1 އަހަރު ފުރިގެންދިޔައިރު, ގައުމިއްޔަތު ދިރުވުމުގެ ނަމުގައި އުފައްދާފައިވާ ގައުމިއްޔަތު ވުޒާރާއިން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކުރި އެންމެ މުހިންމު މަސައްކަތަކީ 50 ވަރަކަށް ޕެނަލް ޑިސްކަޝަން ބޭއްވުން ކަމުގައި ގައުމިއްޔަތު ވަޒީރު އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.
ގައުމިއްޔަތު ވަޒީރު މިހެން ވިދާޅުވީ, މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއިން ގެނެސްދޭ “52 ހަފްތާ” މި ސިލްސިލާގައި ގައުމިއްޔަތު ވުޒާރާއަށް ޚާއްސަކޮށްގެން ގެނެސްދިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މި ފްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގައުމިއްޔަތު ވަޒީރު ވިދާޅުވީ, 2000 އަށްވުރެ ގިނަ މީހުންނަށް މިހާރު ގައުމިއްޔަތު އޮޅުންފިލުވާދީފައިވާ ކަމަށާއި, މިއީ މުއިއްޒުގެ ސަރުކާރުގެ ވަރަށްބޮޑު ކާމިޔާބީއެއް ކަމުގައެވެ. އަދި ވަޒީރު ވިދާޅުވީ މިއިން ކޮންމެ ބައްދަލުވުމުގައިވެސް ބައިވެރިން ވަނީ, މިއީ ކުރުން މާލަސްވެއްޖެކަމަށް ވިދާޅުވެފައިވާ ކަމުގައެވެ. އަދި މިއީ އަވަސްކުރަން ވެފައިވާކަމެއްކަމަށް މި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވި ހުރިހާ ބައިވެރިންވެސް ފާހަގަކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގާތްގަޑަކަށް 50 އަށްވުރެ ގިނަ ޕެނަލް ޑިސްކަޝަންތައް އަޅުގަޑުމެން ބާއްވާއިފީމު. 50 އަށްވުރެ ގިނަ ޑިސްކަޝަން..
ގައުމިއްޔަތު ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.
އެހެންނަމަވެސް މި ސަރުކާރަށް އަހަރެއް ވެގެންދިޔައިރު, 50 ވަރަކަށް ޕެނަލްޑިސްކަޝަން ބޭއްވުމަށް އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ މާލިއްޔަތުން ޚަރަދުކޮށްގެން ވުޒާރާއެއް އުފެއްދުމުގެ ބޭނުމެއް އެބައޮތްތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ކެބިނެޓަށް ޖަވާބުދާރީ ވާނެ ވަޒީރަކު ބަހައްޓައިގެން އެބޭފުޅާއަށް ކާރުކޮޅެއް ހަމަޖައްސާ, އެބޭފުޅާއަށް ހަށިފާރަވެރިން ދެއްވާ, އަދި އެބޭފުޅާގެ ރަސްމީ ތަދުރުތަކަށް ދައުލަތުގެ މާލިއްޔތުން ޚަރަދުކޮށް, އެވަޒީރުގެ ދަށުން މަސައްކަތް ކުރާނެ ސްޓޭޓުންނާއި ޑެޕިއުޓީން ލައްވާ, މިހުރިހާ ޚަރަދުތަކެއް ދައުލަތުން ކުރައްމުން މިދަނީ އަހަރެއްގެ ތެރޭގައި 50 ވަރަކަށް ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށެވެ. ދައުލަތުގެ މާލިއްޔަތުން ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށް ޚާއްސަ ވުޒާރާއެއް އުފައްދާ މިއުސޫލުން ދައުލަތުގެ މާލިއްޔަތު ތަޅާ ބުރުވަމުން ދިއުމަކީ ޢައިރު ޒިންމާދާރު, އަދި ދައުލަތަށް މުއިއްޒު ވަމުންދާ ބޮޑު ޚިޔާނާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ