މުސްހަފްތައް އުކާލައި ފުރްގާން މިސްކިތަށް ގެއްލުންދިން މީހާ ހައްޔަރު ކޮށްފި

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ގ. މާލެހިޔާ ނައުޝާދު މޫސާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުރުގާން މިސްކިތުގައި ހުރި މުސްހަފްތައް އުކާލައި، މިސްކިތުގެ އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތައް ދިން މީހާ ހައްޔަރު ކޮށްފި އެވެ.
މިސްކިތަށް ގެއްލުން ދިނީ މި މަހުގެ 23 ވަަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެ މިސްކިތަށް އެ ރޭ ފަތިސް ނަމާދަށް ދިޔަ ބައެއް މީހުން ބުނީ، މިސްކިތުގެ ކަރަންޓު ބޯޑުތަކާއި ވުޟޫ ކުރާ ތަނުގައި ހުރި އިސްކުރުތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ.މިސްކިތަށް ދީފައި ހުރި ގެއްލުންތަކުގެ ފޮޓޯ އަދި ވީޑިއޯ ހިއްސާކުރައްވަމުން ދީނީ އިލްމުވެރިޔާ، ޝައިހް އާދަމް ނިޝާން އެ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުސްހަފްތައް މުޅި ތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެޔަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްފައި ކަމަށެވެ.ވުޟޫ ކުރާ ބަޔަށް ގެއްލުން ދީފައިވާއިރު، މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.މިކަން ކޮށްފައިވަނީ އެ މިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ "ބުއްދިފިލާ ގޮސްފައިވާ" ޒުވާނެއް ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ. މީގެ ކުރިން އެތައް ފަހަރަކު މުސްހަފްތައް އުކާލުމާއި މިފަދަ އެތައް ކަމެއް އޭނާ އެ މިސްކިތުގައި ކޮށްފައިވާކަމަށް ނިޝާން ތުހުމަތު ކުރެއްވި އެވެ.ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ގ. މާލެހިޔާ ނައުޝާދު މޫސާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ