ގައުމީ އެއާލައިނުން އެމްއޭސީއެލްއަށް 1.2 ބިލިއަން ރުފިޔާ ދަރާފައި

އައިލެންޑް އޭވިއޭޝަނަށް އެމްއޭސީއެލް އިން ހިލޭ ޕާކިންދެ އެވެ. އަދި މިދިޔަ އަހަރު އެކަނި 78 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވެ އެވެ.
މައި ވައިގެ ބަނދަރު ހިންގާ ކުންފުނި، އެމްއޭސީއެލްއަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން 1.2 ބިލިއަން ރުފިޔާ ދޭން ޖެހޭކަން ހާމަ ވެއްޖެ އެވެ. 
ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ އައިލެންޑް އޭވިއޭޝަނުން އެ ކުންފުންޏަށް 1.2 ބިލިއަން ރުފިޔާ އެބައޮތް ކަމަށާ މި އަދަދަށް ދައްކަން ޖެހޭ ފައިސާ އިތުރުވެފައިވަނީ 78 މިލިއަން ރުފިޔާގެ ޑިސްކައުންޓެއްގައި ހިދުމަތް ދީގެންނެވެ. 
"އާއްމުކޮށް އަޅުގަނޑުމެންނަކީ ކްރެޑިޓަށް ދޭ ބައެއް ނޫން. ނަމަވެސް ބައެއް އެސްއޯއީ [ސަރުކާރު ކުންފުނި] ތައް އެބަހުރި. މީގެ ސަބަބުން އަޅުގަނޑުމެން ވޯކިން ކެޕިޓަލް އަށް ފައިނޭންސް ހޯދަން ޖެހެނީ. އެންމެ ބޮޑު އަދަދެއް އޮތީ އައިލެންޑް އޭވިއޭޝަނުން،" ޝަރީފު ވިދާޅުވި އެވެ. 
އޭނާ ވިދާޅުވީ މިދިޔަ އަހަރު ވެސް ނޭޝަނަލް އެއާލައިންއަށް ވުމުން ހިލޭ ޕާކިން ދީފައިވާނެ ކަމަށާ މިދިން ޑިސްކައުންޓްއަކީ ޓިކެޓަށް ޕާސް ކުރެވޭނެ އެއްޗެއް ކަމަށެވެ. 
"މި 78 މިލިއަން ރުފިޔާއަކީ ޑޮމެސްޓިކް މީހުންގެ ޓިކެޓުގެ ޑިސްކައުންޓަށް ލެވޭނެ އެއްޗެއް. މި ގެންދަވާނެ ގޮތެއް އެނގިވަޑައިގަންނަވާނީ އެ ބޭފުޅުން [މޯލްޑިވިއަން] އަށް،" ޝަރީފު ވިދާޅުވި އެވެ. 
އެމްޑީ ޝަރީފު ވިދާޅުވީ މި އަހަރުގެ ހިސާބުތައް ދައްކާ ގޮތުން އައިލެންޑް އޭވިއޭޝަނަށް ދޭ ޑިސްކައުންޓުގެ އަދަދު 80 މިލިއަން ރުފިޔާ ފަހަނަ އަޅާދާނެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ