ބީއެމްއެލްގެ ބޯޑަށް އައު މެމްބަރުންނާއެކު ޗެއަރޕާސަން އައްޔަންކޮށްފި

ދިވެހިރާއްޖޭގެ ގައުމީ ބޭންކު - ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން އައްޔަންކޮށްފިއެވެ.
މިއަދު ބޭއްވި
ބޭންކް އޮފް މޯލްޑިވްސްގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) ގައި ބޭންކުގެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ ނޫވިލާގެ، އަޙްމަދު ޢަލީ ޙަބީބާއި، މަރަދޫފޭދޫ ޑޭލައިޓްވިލާ، ޢަލީ ޢިރުފާން، އަދި ހުޅުމާލެ ފްލެޓް ނަންބަރު 02-2-90 މުޙައްމަދު ޝާހިދުއެވެ.
ބީއެމްއެލްގެ ބޯޑުގައި ޖުމުލަ 11 މެންބަރުން ތިއްބަވައެވެ. އޭގެތެރޭގައި ހިމެނެނީ ސަރުކާރުން ޢައްޔަންކުރައްވާ 6 މެންބަރުންނާއި، ބީއެމްއެލްއިން ޢައްޔަންކުރާ ދެ މެންބަރުންގެ އިތުރުން އަމިއްލަ ހިއްސާދާރުން ތަމްސީލްކުރައްވާ ތިން މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ