ސްވިޗު ބަދަލުކުރަން މާދަން ހެނދުނު ހިޔާގެ ޓަވަރު އެކަކުން ކަރަންޓު ކަނޑަނީ

މާދަމާ ހެނދުނު ހުޅުމާލެ ހިޔާ ޓަވަރު އެކަކުން ކަރަންޓު ކެނޑީދާނެތީ އެކަމަށް ސަމާލުވުމަށް ސްޓެލްކޯއިން މިރޭ އެދިއްޖެއެވެ. އެ ޓަވަރަށް ކަރަންޓު ދޭން ބޭނުންކުރާ ސަބްސްޓޭޝަންގެ ސުވިޗް ގިއަރަށް ދޭތެރެއަކުން އެކި މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. އެހެންވެ، ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހިޔާގެ ފުރަތަމަ ޓަވަރަށް ކަރަންޓު ދޭ ސަބްސްޓޭޝަންގެ ސުވިޗް ގިއަރު ބަދަލުކުރުމުގެ މަސައްކަތް މާދަމާ ހެނދުނު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެ ކަން ކުރުމަށް ޓަކައި މާދަން ހެނދުނު ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. ކަރަންޓު ކެނޑޭނެކަމަށް ބެލެވެނީ ހެނދުނު 10:00 އިން މެންދުރު 13:00އާ ދެމެދެވެ. https://sun.mv/184874 މިދިޔަ ހޮނިހިރު ދުވަހުވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރެއްގައި އަލިފާން ރޯވެ ބައެއް ޓަވަރު ތަކުން ކަރަންޓު ކެނޑިފައެވެ. އެ ހާދިސާގައި ޓްރާންސްފޯމަރުގެ ބައެއް ބައިތަކަށް ގެއްލުންވެފައިވެއެވެ. ނަމަވެސް އެ ބައިތައް ބަދަލުކޮށް ކަރަންޓު ދޭން ހަމަ އެ ދުވަހު ފަށައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ