ތ.އަތޮޅު ގުރައިދޫ ކައުންސިލްގައި ހުންނެވި ހަމައެކަނި އެމްޑީޕީ މެމްބަރު ޙަމްދާން
ޢަލީ އެމްޑީޕީ ދޫކުރައްވައި ޕީޕީއެމް އާއި ގުޅިވަޑައިގެންފިއެވެ.
ޙަމްދާން އަކީ އެމްޑީޕީގެ ފަރާތުން ވާދަކޮށް ތ.ގުރައިދޫ ކައުންސިލަށް
އިންތިޚާބުވެ ވަޑައިގެން ފުރަތަމަ ބޭފުޅާއެވެ.
ޕީޕީއެމް އަސް ތާއީދު ކުރާ ގިނަ ބަޔަކު ދިރިއުޅޭ ތ ގުރައިދޫގެ ހަމައެކަނި
އެމްޑީޕީ ކައުންސިލް މެމްބަރު ޑރ މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވައި ޕީޕީއެމް
އާއި ގުޅުމުން އެރަށުގެ ގިނަ ބަޔަކު ވަނީ ހަމްދާނަށް މަރުޙަބާ ކިޔައިފައެވެ.
Advertisement
ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޑެޕިޔުޓީ ލީޑަރ މުޙައްމަދު
ޣައްސާން މައުމޫންވެސް ވަނީ ޙަމްދާން އަށް މަރުޙަބާ ދަންނަވައިފައެވެ. އެގޮތުން ޣައްސާން
ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޙަމްދާން ޕީޕީއެމާއި ގުޅިވަޑައިގަތުމަކީ
ޙަމްދާންގެ ހިތްޕުޅުގައި ރަށުގެ ތަރައްޤީއަށް އޮތް ލޯބި ރަމްޒު ކޮށްދޭ ހެއްކެއް ކަމަށާއި
އަދި މިކަމަކަކީ ޕީޕީއެމް އަށް ލިބުނު ކުރިއެރުމެއް ކަމަށްވެސް ޣައްސާން ވިދާޅުވެފައިވެއެވެ.
ތ.ގުރައިދޫ
އަކި ފެށުނިއްސުރެވެސް އެމްޑީޕީގެ ތާއީދު މަދު ރަށެއްކަން ފާހަގަކުރެވެއެވެ.
ތ.ގުރައިދޫ ކައުންސިލްގެ ހަމައެކަނި އެމްޑީޕީ މެމްބަރު ޕީޕީއެމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ