ޑރ މުއިއްޒުގެ ވެރިކަމެއްގައި ކުމުންދޫއަށް އެރަށު ރައްޔިތުން އެދޭ ކަހަކަ އައު ބަނދަރެއް!

ކުމުންދޫ ބަނދަރުގެ ހާލަތު ނުހަނު ރަނގަޅަށް އެނގޭ ކަމަށާއި ވުމާއެކު ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި ހދ ކުމުންދޫ ރައްޔިތުން ބޭނުންވާ ކަހަކަ އައު ބަނދަރެއް ގާއިމްކޮށްދޭނެ ކަމުގައި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 
ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި ހއ ހދ އަދި ށ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހދ ކުމުންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޑރ މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެކޭވެސް އެއްފަދައިން ކުމުންދޫ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އަހައި އެ ހުރިހާ ކަމެއް ހާސިލްކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. 
އެގޮތުން ކުމުންދޫ ރައްޔިތުންގެ ފަރާތުން ޑރ މުއިއްޒުއަށް ހުށަހެޅުއްވި ކަންކަމަށް އަލި އަޅުވާލައި ޑރ މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެކޭވެސް އެންގޮަތަށް ކުމުންދޫ ރައްޔިތުންވެސް އެދިފައިވަނީ އެރަށުގެ އަސާސީ ހިދުމަތް ތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ގާއިމްކުރަން ހުރި ވަސީލަތްތައް ގާއިމްކޮށްދިނުން ކަން ފާހަގަކުރައްވައި ޑރ މުއިއްޒު ވަނީ އެ ކަންކަމަކީ ވައުދާއި ހަމައަށްވެސް ނުގެނެސް ބަޖެޓުގެ ތެރެއިން ކޮށްދެންޖެހޭ އަސާސީ ހިދުމަތްތައް ކަމުގައި ވިދާޅުވެފައެވެ. 
Advertisement
އޭގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ އިތުރުން ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް ސްކޫލުގެ ޖާގަ އިތުރުކުރުމާއި މަލްޓިޕާޕަސް ހޯލު ފަދަ ވަސީލަތަކަކީ ރަށްތަކަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ގޮތުގައި ޑރ މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ. 
ކޮންމެ ރަށަކަށް ވަކިވަކިން އެވާހަކަ ނުދަންނަވަނީވެސް އެހެންވެ، މިހިރަ ކަންކަމަކީ އަޅުގަނޑުމެންގެ ބަޖެޓުގެ ތެރެއިން ރޭވިގެން ކުރާނެ ކަންކަން، އެއީ އެއްވެސް ވަރަަކަށް ވައުދާއި ހިސާބަށްވެސް ނުގެންނަ އަސާސީ ކަންކަން
ޑރ މުހައްމަދު މުއިއްޒު 
ހަމަ އެޔާއެކު ދަނޑުވެރިކަން މުޅި ރާއްޖޭގައިވެސް ފުޅާކުރުމަކީ ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގެ އަމާޒުކަމުގައި ވިދާޅުވެ، ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ކުމުންދޫއާއި މުޅި ރާއްޖެއަށްވެސް ދަނޑުވެރިކަން ފުޅާކޮށް އެ މަސައްކަތް ކުރެވޭ މަގު ތަނަވަސްކޮށްދެއްވާނެކަމަށެވެ. 
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ވަނީ މާތް الله ގެ އިރާދަފުޅާއެކު އިންތިހާބުގެ ދެވަނަބުރު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމުގައި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ