ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރީރަޖިސްޓަރީ ނުކުރައްވާތީ ވޯޓު ލުމަށް އެމަނިކުފާނު މާލެ ގެނައުމުގެ ވިސްނުމެއް ނެތްކަމަށް ކަރެކްޝަނަލް ސާވިސަސްއިން ހާމަކޮށްފިއެވެ.
ގައިދީން ވޯޓުލާން ހަތަރު ޖަލެއްގައި ފަސް ވޯޓް ފޮށި އިލެކްޝަންސް ކޮމިޝަނުން ވަނީ ބަހައްޓާފައެވެ.
ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީން، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ މާފުށީ ޖަލުގައި ދެ ވޯޓް ފޮއްޓެއް ބަހައްޓާފައިވެއެވެ. ޖަލުގައި ބަހައްޓާ ފޮއްޓަށް ޔާމީން ރަޖިސްޓަރީ ނުކުރައްވާތީ އެ މަނިކުފާނިގެ ނަންފުޅު އޮތީ މައްޗަންގޮޅި އުތުރު ދާއިރާގެ ދެވަނަ ވޯޓް ފޮށީގެ ލިސްޓުގައެވެ.
މިކަމާ ގުޅިގެން ސުވާލުކުރުމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީންވެސް އަދި ހުކުމް ތަންފީޒުކުރަމުންދާ އެހެން ފަރާތެއްވެސް ރީ ރަޖިސްޓްރީ ނުކުރާ ނަމަ މާލެ ގެނެސްގެން އެފަރާތެއްލައްވައި ވޯޓު ލުމުގެ ވިސްނުމެއް ނެތްކަމަށެވެ.
ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރިޝްވަރު ހިފުމާއި މަނީ ލޯންޑްރިނގްގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނިކޮށް އެ ޙުކުމް ތަންފީޛްކުރުން ފަސްކުރުމުގެ އަމުރަށް އެދި 7 އޮގަސްޓް 2023 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އޮތުމުގެ ސަބަބުން އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތުވެސް ވަނީ ބަންދުވެފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އީސީން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށް ހުކުމް ކޮށްފައެވެ. އެހެންކަމުން ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއެވެ.
ރީރަޖިސްޓްރީ ނުކުރައްވާތީ ރައީސް ޔާމީން ވޯޓު ލުމަށް މާލެ ނުގެންނާނަން: ކަރެކްޝަންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ