ސައުދީ ލީގު: ޗެންޕިއަން އަލް އިއްތިހާދު ބަލިކޮށް އަލް ހިލާލް އެއްވަނައަށް

ސައުދީ ޕްރޮފެޝަނަލް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އަލް އިއްތިހާދް އާއި އަލް ހިލާލް ވާދަކުރި މެޗު 4-3 ގެ ނަތީޖާއަކުން އަލް ހިލާލް އިން ކާމިޔާބުކޮށްފި އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް އިއްތިހާދު އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ރޮމާރީނިއޯ އެވެ. މިއީ އެޓީމުގެ މޮރޮކޯ ފޯވާޑް އަބްދުއް ރައްޒާކް ހަމްދުﷲ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން އަލް ހިލާލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާބިއާ ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިޗް އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލް އިއްތިހާދުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ. އެގޮތުން އެޓީމުގެ ދެވަނަ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ފްރާންސްގެ ފޯވާޑު ކަރީމް ބެންޒީމާ ކަމިޔާބުކުރި އިރު، އެޓީމުގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އަބްދުއް ރައްޒާކް ހަމްދުﷲ އެވެ.
މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އަލް ހިލާލް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަ ކުރިއިރު، މި މެޗުގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 60 ވަނަ މިނެޓުގައި މިޓްރޮވިޗް ކާމިޔާބުކޮށްދިންއިރު، އޭގެ ފަސް މިނެޓު ފަހުން އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި މިޓްރޮވިޗް ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީ މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މިމެޗުން އަލް ހިލާލް މޮޅުވި ލަނޑު ފަހުހާފުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު ސަލީމް އަލް ދައުސަރީ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހަމަކޮށް އަލް ހިލާލް އިން ލީގުގެ ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލިއިރު، މި މެޗުން ބަލިވި އަލް އިއްތިހާދު ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިއީ މި ސީޒަނުގައި ލީގު މެޗެއްގައި އެޓީމު ބަލިވި ފުރަތަަމަ މެޗެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ