ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކޮށް ޝަރީއަތް ހިންގަމުންދާ އދ. މާމިގިލީ ކޯޓު ގާޒީ ގއ. މާމެންދޫ، ވީނަސް، އަހުމަދު ނިހާންގެ މައްޗަށް ހުކުމް އިއްވުމުގެ މަޖިލިސް މިރެއަށް ތާވަލްކޮށްފި އެވެ.
ގާޒީ ނިހާންގެ މައްޗަށް ހުކުމް އިއްވުމަށް ރޭވެސް އަޑުއެހުމެއް ބޭއްވުމަށް ނިންމުމަށްފަހު ވަނީ ކެންްސަލްކޮށްފައެވެ. ރޭގެ އަޑުއެހުން ކެންސަލްކުރީ ނިހާން މާލެ ގެނެސް ކްރިމިނަލް ކޯޓަށްވެސް ހާޒިރުކުރި ފަހުންނެވެ.
ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކުރިއަށް ގެންދާ ޝަރީއަތުގައި ހުކުމް ކުރުން ތާވަލްކޮށްފައިވަނީ މިރޭ 10:00 އަށެވެ.
ނިހާންގެ މައްޗަށް ވަނީ ޖުމްލަ ހަތަރު ދައުވާއެއް އުފުލާފައެވެ.
އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި ފޭކް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމެއްލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
ނިހާންގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރާއި، ފަސްވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ނަންބަރާއި، ހަ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ)ގެ ދަށުންނެވެ.
ދައުލަތުގެ ދައުވާގައި ބުނެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ރޭ ދަންވަރު ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިންއާއި އިތުރު ބަޔަކު ލޯންޗެއްގައި މާމިގިއްޔަށް ދިއުމުން ނިހާން އެމީހުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެރޭ މާމިގިލި ކޯޓު ހުޅުވުމަށްފަހު މުހުތާޒު ގާޒީ ނިހާނަށް ދިން އީމެއިލްއަކާއި ޕާސްވޯޑެއް ބޭނުންކޮށްގެން އީމެއިލްގައިވާ އެޑްރެހަށް ވަދެ "މާފުށީ އަމުރު" މިނަމުގައިވާ ކޯޓު އަމުރެއް ކަމަށް ދައްކައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއް ޑައުންލޯޑް ކުރުމަށްފަހު އެލިޔުމަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް ދައުވާގައިވެ އެވެ.
ގާޒީ ނިހާނަށްވެސް ހުކުމް ކުުރުން މިރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ