ބަޖެޓަށް އެންމެ ގިނަ ފައިސާ ހޯދައިދެނީ އެމްޕީއެލުން: ޒުހޫރު

ދިވެހި ދައުލަތުގެ ބަޖެޓަށް އެންމެ ގިނަ ފައިސާ ހޯދައިދޭ މުއައްސަސާއަކީ ކަސްޓަމްސް ކަމަށާއި ކަސްޓަމްސްގެ މުވައްޒިފުންނަކީ ވަރަށް ހީވާގިކަމާއި އިޚްލާޞްތެރިކަމާއިއެކު ރައްޔިތުންނަށް ޚިދުމަތްކުރަމުން ގެންދާ ބައެއް ކަމަށް ހޯމް މިނިސްޓަރ އަޙްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުވެސް ފުރުއްވާފައިވާ ޒުހޫރު މިމޭރުމުން ވިދާޅުވީ ކަސްޓަމްސްގެ 124 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ.
ޒުހޫރު ވަނީ ކަސްޓަމްސް އިން ފޯރުކޮށްދޭ ޚިދުމަތްތައް ވީހައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު ފޯރުކޮށްދެމުން ގެންދިއުމަށް ކަސްޓަމްސްގެ މުވައްޒިފުންނަށް އިލްތިމާސް ކުރައްވައިފައެވެ.
މިރަސްމިއްޔާތު ނިންމައިލީ ދުވަހާއި ގުޅޭ ޚާއްޞަ ދުޢާ އަކުންނެވެ.އިސްވެ ދުޢާކޮށްދެއްވީ އައްޝައިޚް އިއްޒުއްދީން ޢަދްނާން އެވެ.
މިރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ އަޙްމަދު ޒުހޫރު އާއި ޑިޕިޔުޓީ ކޮމިޝނަރ އޮފގް ކަސްޓަމްސް އިސްމާޢީލް ޢަބްދުﷲ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ