މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ސެކްރެޓަރީ ބައިލެޓަރަލްގެ މަގާމަށް އަހުމަދު ހަލީލު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ސެކްރެޓަރީ ބައިލެޓަރަލްގެ މަގާމަށް ގ. އުތުރުގޭ އަހުމަދު ހަލީލު އައްޔަންކުރައްވައިފި އެވެ.
އަހްމަދް ހަލީލަކީ 1982 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީގެ އެކި މަގާމުތައް އަދާކުރެއްވުމުގެ އިތުރުން ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގައިވެސް ބައިވެރިވެފައިވާ ބޭފުޅެކެވެ.
އޭނާ އަދާކުރައްވާފައިވާ މަގާމް ތަކަށް ބަލާއިރު, އދ. ގައި ހުންނަ ރާއްޖޭގެ ޕާމަނަންޓް މިޝަންގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވް ކަމާއި, ޖަޕާނަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަގާމްގެ އިތުރުން ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ތިން ވަނަ ސެކްރެޓަރީ ކަމުގެ މަގާމްވެސް އޭނާ ވަނީ ފުރުއްވާފައެވެ.
މީގެ އިތުރުން، އދ. ގައި ހުންނަ ރާއްޖޭގެ ޕާމަނަންޓް މިޝަންގެ ތިންވަނަ އާއި ދެވަނަ އަދި އެއްވަނަ ސެކްރެޓަރީ ކަމުގެ މަގާމުގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރާއި އިންޓަނޭޝަނަލް އެފެއާޒް ކަމުގެ މަގާމާއި ޑިރެކްޓަރު ކަމާއި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލާއި އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމު ވެސް އޭނާވަނީ ފުރުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ