ޕްރޮފެޝަނަލް ނޫސްވެރިން ނުއުފެދޭތީ ކަންބޮޑުވޭ: ގާސިމް

ބަޖެޓުން ހަރަދުކޮށްގެން ރާއްޖޭގެ ނޫސްވެރިން ތަމްރީނު ނުކުރެވޭތީ ހިތާމަފުޅު ކުރައްވާ ކަމަށާއި ބަޖެޓް ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އަމިލަފުޅު ޓީވީ ޗެނެލަލާއި ރޭޑިއޯއެއްގެ އިތުރުން އޮންލައިން ނޫހަކާއި ހަފުތާ މަޖައްލާއެއް ވެސް ހިންގަވާ ގާސިމް މިހެން ވިދާޅުވީ ބަޖެޓް ކޮމެޓީއަށް މީޑިއާ ކައުންސިލް ހާޒިރުކޮށް ކުރެއްވި ސުވާލުތަކުގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ނޫސްވެރިން ތަމްރީނު ކުރަން އެމްއެމްސީގެ ބަޖެޓްގައި ފައިސާ ނުހިމެނޭތީ ދެރަވާ ކަމަށާއި ރާއްޖޭގައި ޕްރޮފެޝަނަލް ނޫސްވެރިން އިތުރުވާންޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ނޫސްވެރިންނަށް ތަމްރީނަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމަނައިދޭން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"ޖާނަލިޒަމްގައި ވެސް ރަނގަޅު ޕްރޮފެޝަނަލް މީހުން ނުއުފެއްދޭކަން އެއީ ވަރަށް ދެރަ ކަމެއް. ވަރަށް ބޮޑު މައްސަލައެއް. އެކަމަށް އަޅުގަނޑުގެ ކޮންސާން އެބަ އޮތް،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ