އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން ކަރަންޓް ބިލަށް ސަބްސިޑީ ދިނުމުގައި ހަމަހަމަ އުސޫލަކުން ސަބްސިޑީ ދިނުމަށް ކަނޑައަޅައި، ދައުލަތުގެ ބަޖެޓްގެ ރިކޮމަންޑޭޝަންގެ ތެރެއަށްލުމަށް ބަޖެޓް ދިރާސާކުރާ ކޮމެޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާކޮމެޓީން ރޭ ފާސްކޮށްފައިވަނީ ކަރަންޓް ބިލަށް ހަމަހަމަ އުސޫލަކުން ސަބްސިޑީ ދިނުމަށާއި އެގޮތުން ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ދޫކުރާ ކަރަންޓުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކާއި ރައްޔިތުންގެ އިންޖީނުގެތައް މެދުވެރިކޮށް ދޫކުރާ ކަރަންޓުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކާ ދެމެދު ސަބްސިޑީ ދިނުމުގައި ތަފާތު ނުކުރުމަށް ބާރުއަޅުމަށެވެ. އެހުށަހެޅުން ހުށަހަޅުއްވީ މީދޫ ދާއިރާގެ މެމްބަރު ވިޝާމް އަލީ އެވެ. މެމްބަރު ވިޝާމް އަލީގެ އެހުށަހެޅުން ބަޖެޓް ކޮމެޓީން ފާސްކޮށްފައިވަނީ އެކޮމެޓީގެ އިއްތިފާގުންނެވެ.
ހުށަހަޅުއްވަމުން މެމްބަރު ވިޝާމް ވިދާޅުވީ ކަރަންޓް ސަބްސިޑީ މިހާރު ދެމުންއަންނަނީ އެއްވެސް އުސޫލަކުން ނޫންކަމަށާއި އަދި ކަރަންޓް ސަބްސިޑީ ދިނުމުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމެއް ނުގެންގުޅޭ ކަަމަށެވެ. ހަމަހަމަ ކަމާއިއެކު ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަކީ ގާނޫނު އަސާސީ ލާޒިމް ކުރާކަމެކެވެ.
ކަރަންޓް ސަބްސިޑީ ހަމަހަމަ ގޮތެއްގައި ދޫކުރުމަށް ބަޖެޓް ކޮމެޓީން ލަފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ