އުނގޫފާރު ދާއިރާގެ ގޮނޑި ޕީޕީއެމް އަށް

01-12-2012 18:38 އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ އިންޓަވިއުގައި އަމީން ހަވީރަށް ވިދާޅުވީ އުނގޫފާރު ދާއިރާގެ ގޮނޑިއަކީ ހަގީގަތުގައި ހުސްވި ގޮނޑިއެއް ނޫން ކަމަށާއި އެއީ ބަޔަކު އޭނާގެ ބޭބެ އަވަހާރަކޮށްލައިގެން ހުސްކޮށްލި ގޮނޑިއެއް ކަމަށް. އަދި މިއީ ޕީޕީއެމް އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި މަޖިލީހުގެ ވަޒީފާ ލިބިއްޖެ ނަމަ އުއްމީދަކީ ޕީޕީއެމްއާ އެކު މަސައްކަތްކުރުން ކަމަށް އޭނާ ވިދާޅުވި. އަމީން އިތުރަށް ވިދާޅުވީ އިންތިހާބު މި ބޭއްވީ ގޮންޖެހުންތަކާއި ގިނަ މަސައްކަތްތަކެއް ވެސް ކުރިމަތީގައި ހުރި ދުވަސްވަރެއްގައި ކަމަށާއި އިޚްލާސްތެރިކަމާ އެކު ހެވާއި ލާބަ އަށް މަސައްކަތްކުރައްވާނެ ކަމަށް. އަފްރާޝީމްގެ ގާތިލުން ވީ އެންމެ އަވަހަކަށް އިއުލާންކުރެވި ޝަރީއަތުގެ ކުރިމައްޗަށް ގެނެސް އަދަބު ދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި. 01-12-2012 18:31 ޕީޕީއެމް މި އިންތިޚާބު ކާމިޔާބުކުރީ ގާތްގަނޑަކަށް 81 ވޯޓުގެ ތަފާތަކުން. މާލޭގައި ބެހެއްޓި ވޯޓު ފޮށިން 39 ވޯޓުން ކުރި ހޯދީ އެމްޑީޕީ. ހުޅުދުއްފާރު ފޮށިން ވެސް ކުރި ލިބުނީ އެ ޕާޓީ އަށް. އަނެއް ދެ ފޮށިން ކުރި ހޯދީ ޕީޕީއެމް. މާކުރަތު ފޮށިން އުޅެނީ 10 ވޯޓުގެ ތަފާތެއް. އެންމެ ބޮޑު ތަފާތެއް ފެނުނީ އުނގޫފާރު ފޮށިން. އެއީ 142 ވޯޓުގެ ތަފާތެއް. އުނގޫފާރަކީ އަވަހާރަކޮށްލާފައިވާ އެ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ރަށް. މި ބައި އިލެކްޝަން ކާމިޔާބުކުރެއްވި އަމީން އިބްރާހީމް އަކީ ޑރ. އަފްރާޝީމްގެ އެއްބަނޑުއެއްބަފާ ކޮއްކޮ. 01-12-2012 18:20 އުނގޫފާރުގައި އުފާ ފާޅުކުރަން ފަށައިފި. 01-12-2012 18:19 ލަފާކުރެވޭ ވަގުތީ ނަތީޖާ: އިބްރާހީމް އަމީން (ޕީޕީއެމް): 1159 ޑރ. އަހުމަދު އަޝްރަފް (އެމްޑީޕީ): 1078 01-12-2012 18:16 އުނގޫފާރުގައި ބެހެއްޓި ވޯޓު ފޮށި: އިބްރާހީމް އަމީން (ޕީޕީއެމް): 450 ވޯޓު ޑރ. އަހުމަދު އަޝްރަފް (އެމްޑީޕީ): 308 ނާޖިހު ޖިނާހު (އަމިއްލަ): 2 ވޯޓު 01-12-2012 18:16 ޕީޕީއެމްގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި އުފާފާޅުކުރަމުން. 01-12-2012 18:07 މިއަދު ބޭއްވި ވ. ކެޔޮދޫ ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައި. ނަތީޖާ: އާސިޔާ ހުސެން (އެމްޑީޕީ): 223 އަހުމަދު ފަޔާޒް (ޑީއާރުޕީ): 219 01-12-2012 17:58 އުނގޫފާރުގައި ހުރި ވޯޓު ފޮށިން އެމްޑީޕީ ކެންޑިޑޭޓަށް އެންމެ ގިނައިން ވެސް ލިބޭނެ ކަމަށް ބެލެވެނީ 308 ވޯޓު. އެހެންކަމުން މި ބައި އިލެކްޝަން ކާމިޔާކުރާނެ ކަމަށް ބެލެވެނީ ޕީޕީއެމް. 01-12-2012 17:55 މާކުރަތުގައި ބެހެއްޓި ވޯޓު ފޮށި: އިބްރާހީމް އަމީން (ޕީޕީއެމް): 250 ޑރ. އަހުމަދު އަޝްރަފް (އެމްޑީޕީ): 240 01-12-2012 17:48 ހުޅުދުއްފާރުގައި ބެހެއްޓި ވޯޓު ފޮށި: ނާޖިހު ޖިނާހު (އަމިއްލަ): 4 ވޯޓު އިބްރާހީމް އަމީން (ޕީޕީއެމް): 329 ޑރ. އަހުމަދު އަޝްރަފް (އެމްޑީޕީ): 368 01-12-2012 17:43 އުނގޫފާރުގައި ބެހެއްޓި ވޯޓު ފޮށި: އިބްރާހީމް އަމީން (ޕީޕީއެމް): 450 ވޯޓު ޑރ. އަހުމަދު އަޝްރަފް (އެމްޑީޕީ): (އަދި ގުނާ ނުނިމޭ) ނާޖިހު ޖިނާހު (އަމިއްލަ): 2 ވޯޓު 01-12-2012 17:32 ހުޅުދުއްފާރުގައި ބެހެއްޓި ވޯޓު ފޮށި: ނާޖިހު ޖިނާހު (އަމިއްލަ ކެންޑިޑޭޓް): 4 އިބްރާހީމް އަމީން (ޕީޕީއެމް): 329 ޑރ. އަހުމަދު އަޝްރަފް (އެމްޑީޕީ): (އަދި ގުނާ ނުނިމޭ) ބާތިލް: 9 01-12-2012 17:25 މާލޭގައި ބެހެއްޓި ވޯޓު ފޮށިން އެންމެ ގިނަ ވޯޓު ލިބުނީ އެމްޑީޕީ ކެންޑިޑޭޓަށް. މާލޭގައި ބެހެއްޓި ވޯޓު ފޮށި: ޑރ. އަހުމަދު އަޝްރަފް (އެމްޑީޕީ): 162 01-12-2012 17:17 މާލޭގައި ބެހެއްޓި ވޯޓު ފޮށި: ނާޖިހު ޖިނާހު: 2 އިބްރާހީމް އަމީން (ޕީޕީއެމް): 130 ޑރ. އަހުމަދު އަޝްރަފް (އެމްޑީޕީ): (އަދި ގުނާ ނުނިމޭ) ބާތިލް 4 01-12-2012 17:09 އުނގޫފާރުގައި ބެހެއްޓި ވޯޓު ފޮށި: ބާތިލް ވޯޓުގެ އަދަދު: 12 ކެންޑިޑޭޓް 1، ނާޖިހު ޖިނާހު: 2 ވޯޓު ވޯޓުލުމުގެ ކުރިން ޖިނާހު ވަނީ އޭނާ އަށް ތާއީދުކުރާ އެންމެން ޕީޕީއެމްގެ ކެންޑިޑޭޓް އަމީން އަށް ވޯޓު ލުމަށް ގޮވާލައި ބަޔާނެއް ނެރެފައި. އިބްރާހީމް އަމީން (ޕީޕީއެމް): (އަދި ގުނާ ނުނިމޭ) ޑރ. އަހުމަދު އަޝްރަފް (އެމްޑީޕީ): (އަދި ގުނާ ނުނިމޭ) 01-12-2012 16:49 މާލޭގައި ބެހެއްޓި ވޯޓު ފޮއްޓަށް ބާތިލް ހަތަރު ވޯޓު ލިބުނު ކަމަށް ނިންމާފައިވާ އިރު އޭގެ ތެރެއިން އެއް ވޯޓު ކަރުދާސްކޮޅުގެ މައްސަލައެއް ދިމާވެއްޖެ. އެ ކަރުދާސްކޮޅުގައި ޖަހާފައިވާ ފާހަގަ ހުރީ ފަވާފައި. އިލެކްޝަންސް އޮފިޝަލުން ނިންމީ އެއީ ރަސްގެއެއް ކަމަށް. ނަމަވެސް ޕީޕީއެމްގެ މަންދޫބުން އެކަމާ ދެކޮޅު ހަދާ. އޮފިޝަލުން ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް. ވޯޓު ގުނުން ކުރިއަށްދަނީ. 01-12-2012 16:42 ވޯޓު ލީ ހުރިހާ ތަނެއްގައި ވެސް ވަނީ ވޯޓު ގުނަން ފަށާފައި. 01-12-2012 16:39 މި ބައި އިލެކްޝަންގައި ވޯޓުލުން ކުރިއަށް ދިޔައީ އޮމާންކޮށް. 01-12-2012 16:37 އުނގޫފާރުގައި ވޯޓު ގުނަން ފަށައިފި. 01-12-2012 16:32 މާލޭގައި ވޯޓު ގުނަން ފަށައިފި. 01-12-2012 16:20 މާލޭގެ ތާޖުއްދީން ސްކޫލްގައި ބެހެއްޓި ވޯޓު ފޮށި ވެސް ވަނީ ބަންދުކޮށްފައި. 01-12-2012 16:15 ވޯޓު ލީ މީހުންގެ އަދަދު: އުނގޫފާރު: 772 މީހުން ހުޅުދުއްފާރު: 710 މީހުން މާކުރަތު: 554 މީހުން 01-12-2012 16:13 އުނގޫފާރު، ހުޅުދުއްފާރު، މާކުރަތު ވޯޓް ފޮށިތައް ބަންދުކޮށްފި. 01-12-2012 09:11 [އަލީ ޔޫސުފް، ރ. އުނގޫފާރުން] ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅިގެން އެ ގޮނޑި އަށް މެމްބަރަކު ހޮވުމަށް މިއަދު ބާއްވާ ބައި އިލެކްޝަންގައި ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށައިގެން ކުރިއަށް އެބަގެންދެ އެވެ. އެމްޑީޕީގެ ޑރ. އަހުމަދު އަޝްރަފާއި ޕީޕީއެމްގެ އިބްރާހީމް އަމީން ވާދަކުރާ މި ބައި އިލެކްޝަންގެ ފޯރިގަދަ ކެމްޕެއިން އިއްޔެ ހަވީރު 6:00 ގައި ވަނީ ނިންމާލާފަ އެވެ. ދެ ޕާޓީގެ ޓީމްތައް ވެސް މި ދާއިރާގެ ރަށްރަށަށް ގޮސް ތާއީދު ހޯދުމުގެ ހަރަކާތްތައް ވަނީ ހިންގާފަ އެވެ. މި ބައި އިލެކްޝަންގައި އުނގޫފާރު ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ އުނގޫފާރާއި ހުޅުދުއްފާރާއި މާކުރަތުގެ އިތުރުން މާލޭގައި ވޯޓު ލާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ