ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އަލީ ވަހީދު ވަކިވެވަޑައިގެންފި
14:10ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކާ ބެހޭ ކޮމެޓީން ތޮއްޑޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ނާއިބު ލީޑަރު އަލީ ވަހީދު ވަކިވެވަޑައިގެންފި ކަމަށް އޭނާ ދެންމެ ވިދާޅުވެއްޖެ އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ކީއްވެގެން ކަމެއް ވިދާޅެއްނުވި އެވެ. އަލީ ވަހީދު ވިދާޅުވީ އޭނާގެ އިތުރުން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީއޭގެ މެންބަރު އަބްދުއްރަހީމް އަބުދުﷲ ވެސް ވަކިވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އަބްދުއްރަހީމް އެކަމަށް ކޮމެންޓް ކުރެއްވުމަށް އިއުތިރާޒު ކުރެއްވި އެވެ.މުއަތަބަރުކޮށް ސަންއެފްއެމް އޮންލައިނަށް އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން އެ ކޮމެޓީން ވަކިވެވަޑައިގަތީ ފަނޑިޔާރުގެ ބިލާ ގުޅޭ މައްސަލައެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ