އެޗްއާރްސީއެމްގެ މެމްބަރު ކަމުން ޝިފާގު އިސްތިއުފާ ދެއްވައިފި

އެޗްއާރްސީއެމްގެ މެމްބަރުކަމުން، އެ ކޮމިޝަނުގެ ނައިބު ރައީސް، ޝިފާގު މުފީދު އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކޮމިޝަނުގެ މެމްބަރުކަމުން ޝިފާގު އިސްތިއުފާ ދެއްވީ މިއަދުއެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެއެވެ.
އެޗްއާރްސީއެމްގެ މެމްބަރުކަމުން ޝިފާގު އިސްތިއުފާ ދެއްވިއިރު، އެ ކޮމިޝަނުގެ ބައެއް ނިންމުންތަކާމެދު ހިތްހަމަނުޖެހިވަޑައިގެން، މީޑިއާގައި މީގެކުރިން ވަނީ، ވާހަކަފުޅު ދައްކަވާފައެވެ.
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ޝިފާގު އައްޔަން ކުރެއްވީ، 2015 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރުކަން ވެސް، މީގެކުރިން ޝިފާގު ކުރެއްވިއިރު، އެޗްއާރްސީއެމްގެ މެމްބަރު ކަމަށް އައުމުގެ ކުރިން، އޭނާ ހުންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ