ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓައިދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން، ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ މައްސަލަ ހައިކޯޓުން ބަލައިނުގަތުމަށް ނިންމައިފިއެވެ.
ކޯޓުން މިގޮތަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި، ޖިނާއީ ކުށެއްގެ ދައުވާ އުފުލުމަށްފަހު އެ ދައުވާއާ ގުޅިގެން ނިންމާ އެއްވެސް ނިންމުމެއްގެ އިސްތިއުނާފީ އަޑުއެހުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސް މައްސަލަ ނިންމޭނެ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި ނުވާ ކަމަށް ބުނެއެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލަ ކޯޓުން ނިންމިކަމާއި، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައި ވަނީ ވޭތުވެދިޔަ ހަފްތާގެ ތެރޭގައެވެ.
މީގެއިތުރުން، އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބޭއްވުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ މައްސަލަ ވެސް ޕީޖީން ވަނީ ހައި ކޯޓަށް ހުށަހަޅުއްވާފައެވެ. މި މައްސަލަވެސް ހައި ކޯޓުންވަނީ ބޭރުކޮށްލާފައެވެ. ޕީޖީން މިހާރު ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ނިންމާފައެވެ.
ޓުއަރިޒަމަ މިނިސްޓަރ ކަމުގައި ހުންނެވީރު، އެމިނިސްޓްރީޣެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ހަތް ދައުވާއެއް ވަނީ އަލީ ވަހީދުގެ މައްޗަށް އުފުލާފައެވެ. ކްރިމިނަލް ކޯޓުން 4 މަސް ދުވަހަށް އޭނާގެ ޕާސްޕޯޓު ދޫކޮށްލާފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުވެގެންނެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައިނުދިން މައްސަލަ ހައި ކޯޓުން ބަލައިނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ