ހުޅުމާލެ އަދި މާލެ އިންޖީނުގެ ސިންކްރޮނައިޒްކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލެއާއި މާލޭގެ ކަރަންޓުގެ ނިޒާމު އެއް ވިއުގައަކުން ގުޅާލުމަށް ސްޓެލްކޯއިން ހިންގާ މަޝްރޫއުގެ ދަށުން, މާލެއާއި ހުޅުމާލޭގެ އިންޖީނުގޭގެ ސާކިޓްތައް އެނަޖައިޒްކުރުމާއި ދެ އިންޖީނުގެ ސިންކްރޮނައިޒްކުރުމުގެ މަސައްކަތް ފަށައިފިއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި އިއްޔެ އެކުންފުނިން ވަނީ ގްރޭޓާ މާލެ ގްރިޑު އެނަޖައިޒްކުރުމުގެ ފުރަތަމަ ދުވަހުގެ މަސައްކަތް, އެއްވެސް މައްސަލައެއް ނުޖެހި ނިންމާލާފައެވެ. "މިހާރު ވާނީ ފުރަތަމަ ސާކިޓް އެނަޖައިޒް ކުރެވިފައި," ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ. https://twitter.com/STELCOMALDIVES/status/1416419421745156098 ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132ކޭވީ ގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓްއިން ގުޅާލެވޭ މަޝްރޫއެކެވެ. އަދި މި މަޝްރޫގެ ދަށުން ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓާފަ އެވެ. މި ކަރަންޓުވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންދާނެއެވެ. ސްޓެލްކޯއިން ވަނީ ކަރަންޓުގެ ނިޒާމު އެއް ވިއުގައަކުން ގުޅުވާލުމުގެ މި މަސައްކަތުގައި ހަރަކާތްތެރިވާ އެކުންފުނީގެ މުވައްޒަފުންގެ މަސައްކަތްތައް ފާހަގަކޮށްފައެވެ. "މި ފަދަ މަލްޓި މިލިއަން ޑޮލަރުގެ މަޝްރޫތަކުގައި އިސްކޮށް ތިބެ އަޅުގަނޑުމެންގެ ޒުވާން ޓީމުން ކުރަމުންދަނީ އެންމެން ފަހުރުވެރިވާ ފަދަ ބުރަ މަސައްކަތެއް." ސްޓެލްކޯއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ