ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ. މިއަދު 12:45 ކަންހާއިރު ހުޅުމާލޭގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓަރު އިބްރާހީމް ރައޫފް މިއަދު ސަން އަށް ވިދާޅުވީ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހުޅުމާލޭ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ކަރަންޓު ދެވޭނެ ވަކި އިރެއް ދަންނަވަން ދަތި ކަމަށް ރައޫފު ވިދާޅުވިއެވެ. ދާދި ފަހަކަށް އައިސް ދޭތެރެ ދޭތެރެއިން ހުޅުމާލެއިން ދަނީ ކަރަންޓް ކެނޑެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ