މާލޭގެ ގެއެއްގެ ތެރޭގައި ވަޅުލާފައި ހުއްޓައި ފުލުހުން ހޯދި ޑުރަގާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ ޕީއެންސީގެ ކައުންސިލް މެމްބަރު އެ ޕާޓީގެ ކައުންސިލުން ވަކިކޮށްފި އެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑްރަގް މައްސަލައިގައި ހައްޔަރު ކުރި ޕީއެންސީގެ ކައުންސިލް މެމްބަރު އަހުމަދު ހުސެއިން ކައުންސިލުން ވަކިކޮށް، ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަސް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
އަދި އަހުމަދުގެ މައްސަލަ ބަލައި އަވަހާށް ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލައިފަ އެވެ.
މާފަންނު ގެއެއްގައި ހަދާފައިވާ ބިންގަރާހެއްގެ ތެރެއިން 42 ކިލޯގެ ހެރޮއިން ހޯދީ އިއްޔެ ރޭ މެންދަމުގެ ވަގުތެއްގައި ފުލުހުން ހިންގި ހާއްސަ ސާޗް އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އަދި އެކަމުގައި އެންމެ އިސްކޮށް ހުރި މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.
ޑުރަގް މައްސަލާގައި ހައްޔަރުކުރި އަހުމަދު ޕީއެންސީގެ ކައުންސިލުން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ