ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ލީކްކޮށްގެން ޖަަލަށް ހުކުމްކުރި ގާސިމް މިނިވަންކޮށްފި

ކަސްޓަމަރެއްގެ މައުލޫމާތު ލީކް ކުރި މައްސަލާގައި 8 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފ. ނިލަންދޫ ބްރާންޗްގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް މިއަދު މިނިވަންކޮށްފި އެވެ.
ގާސިމް ޖަލަށް ލުމަށް ހުކުމްކުރީ މިމަހުގެ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ސިއްރުކޮށްގެން ބޭއްވި އަޑުއެހުމެއްގަ އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ދައުލަތުން އެދިގެން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ކަމަށްވާތީ ގާސިމަށް ހުކުމްކުރަން ބޭއްވި އަޑުއެހުން ވެސް ސިއްރުކޮށްފައިވާތީ މިމައްސަލައިގެ ޝަރީއަތުގަައި ކަންކަން ހިނގާދިޔަ ގޮތެއް ސާފުވެފައެއް ނުވެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ތެރޭގައި ހިންގާފައި ހުރި ހިޔާނާތުގެ އަމަލުތަކުގެ ތެރެއިން ހޯދި ފައިސާތަކެއް ކަމަށް ބެލެވޭ ފައިސާތަކެއް ޖަމާކުރި ކަސްޓަމަރެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބަޔަކާ ހިއްސާކުރުމުގެ ތުހުމަތުގައި ގާސިމް ހައްޔަރުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަަނަ ދުވަހު އެވެ.
ގާސިމް މިނިވަންކުރީ އޭނާގެ މައްޗަށް އިއްވި އަށް މަހާއި 12 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަން ކަރެކްޝަނަލް ސާވިސްއާއި ހަވާލުކުރިއިރު ހުކުމްގެ މުއްދަތު ބަންދުގައި ހުރި ދުވަސްތަކުގައި ހަމަވެފައިވާ ކަަން ފާހަގަކޮށް ގާސިމްގެ ވަކީލް ނާޒިމް އަބްދުއްސައްތާރު އޭނާ ދޫކޮށްލުމަށް ކަރެކްޝަންސްގައި ސިޓީއަކުން ދެންނެވުމުންނެވެ.
ނާޒިމްގެ ސިޓީގައި ބުނެފައިވަނީ ގާސިމް ހައްޔަރުކުރެވުނީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ކަމަށްވާއިރު އެދުވަހުން ފެށިގެން އޭނާ ހުރީ ބަންދުގައި ކަމަށްވެފައި މި ހުސްވި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހަށް އޭނާގެ ހުކުމްގައި ބުނާ މުއްދަތު ހަމަވެފައިވާތީ ގާސިމް ދޫކޮށްލަން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރަން ވެސް ކަރެކްޝަންސްގެ ސިޓީގައި ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ