ކާޑެއްދޫ އެއާޕޯޓުގެ މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓަށް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ އަށް ގދ. ކާޑެއްދޫ އެއާޕޯޓު އަނބުރާ ދޭން ކުރި ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިި އެވެ. އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލުކުރި ނަމަވެސް، އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ވިލާ އެއާއާ ހަވާލު ކޮށްފައިވަނީ 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެއްބަސްވުން ބާތިލުކޮށް، 2017 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެއާޕޯޓު އަތުލައިފަ އެވެ. ސަރުކާރުން އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށާއި، އެހެންކަމުން އެތަން އަނބުރާ ވިލާ އެއާ އަށް ހަވާލުކުރުމަށް 2018 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ސިވިލް ކޯޓުގެ ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ. އެ ހުކުމް ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ