ޓެރަރިސްޓު ޖަމާޢަތްތަކަށް މީހުން ރެކްރޫޓް ކުރުން ހުއްޓުވުމަށް ބޭއްވި ބައްދަލުވުން ނިންމާލައިފި

އިންޓަނެޓާއި ސޯޝަލް މީޑިއާގެ އެކި ވަޞީލަތްތަކުން ޓެރަރިސްޓު ޖަމާޢަތްތަކަށް މީހުން ރެކްރޫޓު ކުރުން ހުއްޓުވުމަށް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރާއި ޔޫއެންއޯޑީސީއާ ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ނިންމާލައިފި އެވެ.
ކައުންޓަ ޓެރަރިޒަމް ސެންޓަރުން ބުނީ އެ މަސައްކަތު ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. "އިފެކްޓިވް ޕްރިވެންޝަން އެންޑް އިންޓަވެންޝަން އޮފް ދަ ޔޫސް އޮފް އިންޓަނެޓް އެންޑް ސޯޝަލް މީޑިއާ ބައި ޔަންގް އެޑަލްޓްސް ފޯ ޓެރަރިސްޓް ރެކެރޫޓްމަންޓް އިން ސައުތު އޭޝިޔާ" ގެ ނަމުގައި ބޭއްވި މި މަސައްކަތު ބައްދަލުވުމަކީ އިންޓަނެޓާއި ސޯޝަލް މީޑިއާގެ ވަޞީލަތްތައް ބޭނުން ކޮށްގެން ހަރުކަށި ފިކުރުތަކަށް މީހުން ލެންބުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށް އެންސީޓީސީއިން މަޢުލޫމާތުދެއެވެ.
ތިން ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގައި ހުރި މިފަދަ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. އަވަށްޓެރި ބައެއް ގައުމުތަކުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ އިސްވެރިންނާއި އެކު ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަސް އިދާރާއަކުން ވެސް ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ