ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމް ކަމެއް - މައުމޫން

ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓްވިޓާ އެކައުންޓް ޓެގް ކުރައްވާ މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރުމަށާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގައި އަގުތައް ދަސްކޮށްދީ ދެމެހެއްޓުމަށްޓަކާ ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ