މިނިވަންދުވަހާ ގުޅިގެން ޓްރެފިކަށް ބަދަލުތަކެއް ގެންނަނީ

މިނިވަންދުވަހުގެ ހަރަކާތްތަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކަށް ބަދަލު ގެންނާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ބާއްވާ މިނިވަންދުވަހުގެ ހާއްސަ ބައްދަލުުވުމާ ދިމާކޮށް ދަރުބާރުގެ ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައް އާންމު ޓްރެފިކަށް ބަންދު ކުރާނެ ކަމަށާއި، އެ ސަރަހައްދުގެ ބައެއް ޕާކިން ޒޯނުތައް ހުސްކުރަންވެސް ވަނީ ނިންމައިފައެވެ.
އެ ހަރަކާތަށް ޓްރެފިކަށް ގެންނަ ބަދަލުތަކަށް ބަލާއިރު، ދަރުބާރުގެ އާއި ކުޑަކުދިންގެ ބަގީޗާ އާއި ދެމެދު އޮންނަ މަގު ބަންދު ކުރެއެވެ. ކުޑަކުދިންގެ ބަގީޗާ އާއި ކަލާފާނު ސްކޫލާ ދެމެދު އަމީނީ މަގުވެސް ބަންދުކޮށް ޕާކިން ޒޯނު ހުސް ކުރަން އަންގާފައި ވެއެވެ.
އެހެންކަމުން 25 ވަނަ ދުވަހުގެ ރޭ 8:00 ގެ ފަހުން އެ ސަރަހައްދުތަކުގައި ޕާކްކޮށްފައި ހުންނަ އުޅަނދުތަކަށް ގަވާއިދުން ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ