ޓޮޓެންހަމްގެ ފަރިތަކުރުންތަކަށް ކޭން ނުކުމެއްޖެ

ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ދެމަހަށް ކުޅުމާއި ދުރަށް ދާން ޖެހުނު ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.
ކޭންގެ ފައިގެ ކުޑަހުޅަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.
ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި އުމުރުން 25 އަހަރުގެ ކޭންގެ ފައިގެ ކުޑަހުޅަށް އަނިޔާވިއިރު، އެޓީމުގެ ޑޮކްޓަރުން އޭރު ބުނީ ކޭންއަށް މާބޮޑު ހާނިއްކައެއް ނުވާ ކަމަށާއި ދެތިން މަސްދުވަހުގެ ތެރޭގައި ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށެވެ.
ޓޮޓެންހަމްގެ ފަރިތަކުރުންތަކަށް ކޭން ނުކުތް ނަމަވެސް، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބޮރޫޝިއާ ޑޯޓްމުންޑްއާ ދެކޮޅަށް ކުޅޭ ހޯމް އެންޑް އަވޭ މެޗު އޭނާއަށް ގެއްލޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެއިތުރުން އިނގިރޭސި ލީގު ކަޕްގެ ދެވަނަ ލެގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުވެސް ގެއްލޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓޮޓެންހަމްގެ ކުރީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކޭން ވަނީ މި ސީޒަނުގައި މިހާތަނަށް ޓޮޓެންހަމަށް 20 ގޯލު ޖަހާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ