ވަޒީރުން ހިތްހަމަޖައްސާލައިގެން ކަންކުރާ ޒަމާން ނިމިއްޖެ: ރައީސް ނަޝީދު

ސަރުކާރުގެ މުވައްސަސާތަކާއި ވަޒީރުން ހިތްހަމަ ޖައްސުވައިގެން ރަށުގެ ކަންކަން ފުރިހަމަކުރާ ޒާމާން ނިމިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement
ނ. އަތޮޅު އަދި ރަށު ކައުންސިލް ހަރަކާތްކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން ނިންމުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮންމެ މީހަކީ އެމީހެއްގެ ހަލާލު މަސައްކަތުން މަސައްކަތްކޮށްގެން، އާއިލާ ބަލަހައްޓާ ފަހުރުވެރި ދިވެހި ރައްޔިތެކޭ ބުނާނެ ދިވެހިން އުފެއްދުމާއި، ދިވެހިން ހަމައިސްކޮޅަށް ތެދުވުން އެއީ އަބަދުވެސް ވަކާލާތު ކުރަމުން އާ ކަންތައް ކަމަށެވެ. މިއަދު ފެންނަނީ އަތޮޅެއް އެކީގައި ތެދުވާތަން ކަމަށާއި ޒުވާނުން އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގެން ރަށުގެ ކަންކަން ކުރިއަަރުވަން ނިކުންނަތަން ފެންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއާއިއެކު ވަޒީރުން ހިތްހަމަ ޖައްސުވައިގެން ކަންކަން ފުރިހަަމަކުރުން މާޒީވެއްޖެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ."ތިމަންނާމެންދެން ނެތީމޭ މާލެ އާސް ވަޒީރު ގޭދޮށުގައި މަޑުކޮށްލާގެން ހުރެ ދެން އެ ލިބުނު މިންވަރު ހިފާގެންގޮސް ރަށުގައި ރައްޔިތުން ގާތުގައި ވިދާޅުވީ މިހެންނޭ އެހެންނޭ އެވާހަކަ ދައްކާކަށް ތިމަންނާ ނެތީމޭ. ތިމަންނަމެން ނެތީމޭ ސަރުކާރު ހިއްސާވާ ކުންފުންޏެެއްގެ މެނޭޖިން ޑިރެކްޓަރު އަރިހަށް ގޮސްގެން އޭނާއާއިއެކު ކޮފީއަކަށް އަރާލާގެން، އޭނާ ހިތްހަމަ ޖައްސާލާގެން، ވަޒީރުބޭފުޅަކު ރުއްސާލާގެން ތިމަންނާގެ ރަށުގެ ކަންތައް ފުރިހަމަ ވާނީ. ނޫން އެ ޒަމާން ނިމިއްޖެ" ރައީސް ނަޝީދު ވިދާޅުވިއެވެ.މިއަދު ދައްކުވާދެނީ ރާއްޖެ ބަދަލުވީތަން ކަމަށާއި، މީގެ 12 ވަރަކަށް އަހަރުކުރިން އެވައުދުވީ ހަދާން އެބަހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ޒަމާނުންސުރެ ރާއްޖޭގައި ވެރިކަން ކުރި ގޮތާއި، އެވެރިކަން ކުރިމީހުން މިދަނީ ބަދަލުވަމުން ކަމަށް ނ. އޮތޮޅުގެ ހުރިހާ ރަށެއްގެ ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ބުނި ހަދާން އަދިވެސް އެބަހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އޭގެ 12 އަހަރުފަހުން "މުސްކުޅިވެ ބޮލުން ފަތް ދިޔަނަމަވެސް މިއަދު މިހުރީ އޭރު ބުނި އަނެއް ދިވެހި ރާއްޖޭގައި" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑު އުފާވަނީ އަޅުގަނޑުގެ ހަޔާތުގައި ހަގީގަތުގައި އެތަނަށް ދެވޭތީވެ، އެތަން ފެންނާތީ. ބައެއްގެ ހަޔާތުގަ ބޮޑުބަދަލެއް އާސް ނިމޭތަން ގިނަ މީހުންނަކަށް ނުފެންނާނެ. އެހެންނަމަވެސް ދިވެެހި ރާއްޖެ ދަތުރުކުރަމުންދަނީ ހައި ސްޕީޑްގާ. އެ ސްޕީޑުގާ އަޅުގަނޑުމެން މިއެދޭ ބަދަލު ފެންނާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ދިވެހި ރައްޔިތުން އެކުއެކީ ހަމަ އިސްކޮޅަށް ތެދުވެ، "މިއީ މަގޭ ގައުމޭ، މަގޭ އަތޮޅޭ، މި ތަނުގެ ކަންކަން ހިންގާނީ އަހަރެމެންނޭ" ބުނާ ބުނުމަށްވުރެ ވަކި އުފާވެރި ދުވަހެއް އެމަނިކުފާނުގެ އާއްމު ހަޔާތުގައި ނުފެންނަ ކަމަށެވެ. އޭރު އިންދި ކުޑަކުޑަ އޮށެއްގެ ސިއްރުން ބޮޑު ބިޔަ ގަހެއް ހެދެމުންދާތަން މިއަދު ފެންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ